"ﷲ އަކްބަރު" އިން ހިތްފުރައިލެވޭނީ މާނަ އެނގިގެން! ހިތްފުރައިލެވިއްޖެ މީހާ އަބަދުވެސް ހުންނާނީ އެންމެ އުފަލުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
"ﷲ އަކްބަރު" އިން ހިތްފުރައިލެވޭނީ މާނަ އެނގިގެން! ހިތްފުރައިލެވިއްޖެ މީހާ އަބަދުވެސް ހުންނާނީ އެންމެ އުފަލުގަ!

ގިނަ ބައަކަށް މިއުޅެނީ ޖީބުތައް ނުފުރިގެނެއް ނޫނެވެ. ޖީބުތައް ފުރުނަސް ހިތް ނުފުރިގެންނެވެ. މިބުނަނީ ކިތަންމެ ގިނަ ނިޢުމަތްތަކެއް ދެއްވެވިނަމަމަވެސް ހިތް ނުފުރޭ ވާހަކައެވެ. އެއީ ތިމާ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތައް ނުވިސްނޭތީއެވެ.  

އަހުރެމެންގެ ހަޔާތުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ ކޮންކަމަކަށް ހެއްޔެވެ؟  

މިސުވާލުގެ ޖަވާބުގައި އަހުރެން ބުނާނީ އެއީ މަދުރަސީ ތަޢްލީމް ނުވަތަ ހޯދާ ޕީއެޗްޑީ ސެޓްފިކެޓްވެސް ނޫން ކަމަށެވެ. އަދި ތަނަވަސްކަމާއި އަގުބޮޑު ދިރިއުޅުންވެސް ނޫން ކަމަށެވެ. އަނބިދަރިންނާއި ޢާއިލާވެސް ނޫންކަމަށެވެ. އަދި ހޯދޭ މަތީ މަޤާމާއި ދަރަޖަވެސް ނޫންކަމަށެވެ.  

އެކަމަކީ "ﷲ އަކްބަރު" ގެ ފުރިހަމަ މާނަދަސްކުރުން ކަމަށެވެ. ސަބަބަކީ "ﷲ ތަޢާލާގެ މަތިވެރިކަން މާބޮޑެވެ." ބުނެލުމަކުން ނުފުދެއެވެ. ބޮޑީ ކިހައިވަރަކަށް ހެއްޔެވެ؟ މަތިވެރިވަންތައީ ކިހާވަރަކަށް ހެއްޔެވެ؟  

ޖަވާބަކީ ހުރިހާ އެއްޗަކާއި ހުރިހާ ކަންކަމަކަށްވުރެވެސް އެވެ. ކޮންމެ ނަމާދެއްގައި ތަކުރާރުކޮށް އެކަލިމަ މިކިޔަނީ އެހެންވެގެންނެވެ.  

މީސްތަކުންނޭވެ! "ﷲއަކްބަރު"ގެ މާނައިން، އެކަލާނގެ މަތިވެރިވަންތަކަން ބޮޑުކަމުން އެމީހެއްގެ ހިތް ފުރާލައިފި މީހަކު އަބަދުވެސް ހުންނާނީ އުފަލުންނެވެ. އެހިތަށް ލޮޅުން އަރުވައެއް ނުލެވޭނެއެވެ. ކުރިމަތިވާ ކޮންމެ ޙާލަތެއްގައިވެސް އެމީހަކު ހުންނާނީ ފިސާރި ޘާބިތުކަމާއިއެކުގައެވެ. އިން ޝާ ﷲ

 

- ޝައިޚް ޢާޞިމް އަލްޙަކީމް

މިއަދު އޮންލައިން