ޤުރްއާން ޖަހަންވާނީ ސަމާލުކަންދީގެން އަޑުއަހާނަމަ! ނޫންނަމަ ވާނީ އިޙްތިރާމްކުޑަކުރުން ކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޤުރްއާން ޖަހަންވާނީ ސަމާލުކަންދީގެން އަޑުއަހާނަމަ! ނޫންނަމަ ވާނީ އިޙްތިރާމްކުޑަކުރުން ކަމަށް!

ކީރިތި ޤުރްއާނަކީ ކޮބައިކަމާއި ޤުރްއާނުގެ މަތިވެރިކަން މުސްލކިމުންނަށް ރަނގަޅަށް އެނގޭނެއެވެ. ކިޔަވާ ކޮންމެ އަކުރަކަށް 10 ޘަވާބު ދެއްވަވަތެވެ. އަޑުއެހުމުންވެސް ޘަވާބު ދެއްވަވަތެވެ. އަޑުއަހަންވާނީވެސް އިޙްތިރާމްކުރުމާއިއެކުގައެވެ. އިޙްތިރާމް ކުރުމަކީ ސަމާލުކަންދީގެން އަޑުއެހުމެވެ. 

ގުޅުންހުރި ލިޔުމެއް!:  

ގޭތެރޭގައި ކަމަށްވީނަމަވެސް ޤުރްއާން އަޑުގަދަކޮށް ޖަހާފައި ބަހައްޓާނަމަ އަޑުއަހަންވާނެއެވެ. ކީރިތި ޤުރްއާން ޖަހާފައި ބަހައްޓާނަމަ އެކަމަށް ސަމާލުކަން ދޭން ޖެހޭނެއެވެ! އަދި ކީރިތި ޤުރްއާން ޖަހާފައި ހުންނަ ވަގުތުތަކުގައި އެތަނެއްގައި ހީނ، ސަމާސަކޮށް ސަކަރާތްޖެހުން ފަދަ ކަންކަން ކޮށްގެން ނުވާނެއެވެ. އެކަމުގެ ސަބަބުން ކީރިތި ޤުރްއާނަށް އަދާކުރަން ޖެހޭ އަދަބު އަދާނުކުރެވޭނެތީއެވެ.  

ކީރިތި ޤުރްއާން ބާވައިލައްވަވާފައިވަނީ މީސްތަކުން ކިޔަވައި އަދި އަޑުއެހުމަށެވެ. އެއްވެސް ޙާލެއްގައި އެއިން މީސްތަކުންނަށް އުނދަގޫކުރުމެއް ނެތެވެ. ވީމާ އަޑުގަދަކުރާތަކުން ކީރިތި ޤުރްއާން ޖަހާފައި ބަހައްޓަން ޖެހޭނީ އެ ސަރަހައްދެއްގައި އުޅޭ މީހުންނަށް އެކަމުން އުނދަގޫ ނުވާނަމައެވެ. އަދި އުނދަގޫ ނުވާނެ ގަޑިތަކުގައެވެ. އެކަމަށް އެއްވެސް ބައަކު ޝަކުވާ ނުކުރާނެ ގޮތަށެވެ.  

އެގޮތަށް ކީރިތި ޤުރްއާން އަޑުގަދަކުރާތަކުން ޖަހާފައި ބެހެއްޓުމަކީ މައްސަލައެއް ނޫނެވެ.

 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިއަދު އޮންލައިން