ފަރުޟް ނަމާދުތަކަށް ސަމާލުކަންދީގެން ނަމާދުކުރުންމަތީގަ ހުންނަ މީހާ ސުވަރުގެ ވެއްދެވުމަކީ ﷲ ތަޢާލާގެ އަހުދެއް! އެންމެ ބޮޑު ރަޙްމަތަކީ މިއީ ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ފަރުޟް ނަމާދުތަކަށް ސަމާލުކަންދީގެން ނަމާދުކުރުންމަތީގަ ހުންނަ މީހާ ސުވަރުގެ ވެއްދެވުމަކީ ﷲ ތަޢާލާގެ އަހުދެއް! އެންމެ ބޮޑު ރަޙްމަތަކީ މިއީ ނޫންތޯ؟

ފަރުޟް ނަމާދުތަކަށް ރައްކައުތެރިވުމަށްވުރެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްވެސް ކަމެއް ނެތެވެ. އެހެންކަމާއިއެކުވެސް ނަމާދުތަކަށް ރައްކައުތެރިވެވެނީ މަދުބައަކަށެވެ. އެހެންކަމާއިއެކުވެސް އެންމެންވެސް ސުވަރުގެ ވަންނަން ބޭނުންވެއެވެ. މިއީ ކިހިނަކުން ޙާޞިލުކުރެވޭނެ ކަމެއް ހެއްޔެވެ؟  

ފަރުޟް ނަމާދުތަކަށް ރައްކައުތެރިވުމުގައި ފަރުވާ ކުޑަކުރެވޭ މީހުން ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! އިޞްލާޙްކުރެވި ހެޔޮ ބަދަލެއް އަންނާނެއެވެ. އިން ޝާ ﷲ

އުބަދާތު ބިން އައްސާމިތު ރަޟިޔަﷲ ތަޢާލާގެ ކިބައިން ރިވާވެގެން އަންނަނީ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރެއްވިކަމަށް "މާތްﷲ ގެ އަޅުތަކުންގެ މައްޗަށް އެއިލާހު ފަރުޟުކުރައްވާފައިވާ ފަސްނަމާދަށް ފުރިހަމައަށް ރައްކާތެރިވެ އެއްވެސް ނަމާދަކަށް ފަރުވާކުޑަ ނުކޮށް ހުރެއްޖެކަމަށްވަނީނަމަ، އެމީހަކަށް، އެމީހަކާއި ﷲ ސުބްޙާނަހޫ ވަތަޢާލާ އާ ދެމެދުގައި އަހުދެއްވެއޭ. އެއީ ﷲ ސުބްހާނަހޫ ވަތަޢާލާ އެމީހަކު ސުވަރުގެއަށް ވައްދަވާނެކަން."  

އާދެ! ފަރުޟު ފަސްނަމާދަށް ބަރާބަރަށް ރައްކާތެރިވެއްޖެކަމުގައި ވަނީނަމަ ﷲ ސުބްހާނަހޫ ވަތަޢާލާ އެމީހަކަށް ސުވަރުގެ ވައްދަވާނެކަމުގެ ގެރެންޓީ މިވަނީ ދެއްވަވާފައެވެ.  

ތަނަވަސްކަން ލިބިގެންވާ މީހުން މިސްކިތެއް އެޅުމުގެ މަތިވެރިކަންވެސް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.  

އުޘްމާން ބިން އައްފާން ރަޟިއަﷲ ތައާލާ އަންހު ކިބައިން ރިވާވެގެންވޭ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރެއްވެވިކަމަށް. "ﷲ އަށްޓަކައި މީހަކު މިސްކިތެއް ބިނާކޮށްފިކަމަށްވަނީނަމަ އޭގެ ބަދަލުގައި އެމީހަކަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ﷲ ސުބްހާނަހޫ ވަތަޢާލާ ބިނާކޮށްދެއްވާނެ ކަމަށް!"

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން

 

މިއަދު އޮންލައިން