އެމީހަކަށް އެނގޭ މިންވަރަށް ޢަމަލުނުކުރުމަކީ ބިރުހުރިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
އެމީހަކަށް އެނގޭ މިންވަރަށް ޢަމަލުނުކުރުމަކީ ބިރުހުރިކަމެއް!

ދީނުގެ ކަންކަން ދަސްކުރުމަކީ ވާޖިބެއް ނަމަވެސް ކޮންމެ މީހަކީ ހުރިހާ ކަންކަން އެނގޭ މީހަކަށް ނުވެވޭނެއެވެ. އެކި މީހުންނަށް ކަންކަން އެނގޭނީ އެކި މިންވަރަށެވެ. އެކަން އޮންނާނީ އެމީހަކަށް ޢިލްމް ޙާޞިލުކުރެވުނު ވަރެއްގެ މައްޗަށެވެ. މައްސަލައަކަށްވާނީ އެނގުހުރެ ޢަމަލުނުކުރުމެވެ.  

އަބޫ ދަރުދާ ވިދާޅުވިއެވެ.  

"ތިބާ، އުނގެނުމުންނޫނީ ދަންނަމީހަކަށް ނުވަމު. އަދި ޢުނގެނުނު އެއްޗަކަށް ޢަމަލުކުރުމުންނޫނީ އުނގެނުނު މީހަކަށްނުވަމު. އަދި އަހުރެން އެންމެ ބިރުވެތިވަނީ ޙިސާބުބެއްލެވުމަށް ހުށްޓޭހިނދު، "ތިބާއަށް ދެއްވެވި ޢިލްމަށް ޢަމަލުކުރިންހޭ" މިފަދައިން ސުވާލުވެވޭނެތީއެވެ!" 

މިއީ ހަމަ ކޮންމެ މުސްލިމަކުވެސް ވިސްނާލަންޖެހިފައިވާ ކަމެކެވެ. ކޮންމެ މީހަކީ އެންމެ ބޮޑު ޢިލްމްވެރިއަކު ކަމުގައި ނުވެވުނު ނަމަވެސް ކޮންމެ މުސްލިމަކަށްވެސް އެނގޭ ކަންތައްތަކެއް ހުންނާނެއެވެ. އެނގޭ މިންވަރެއް އޮންނާނެއެވެ. އެމިންވަރަކުން ޢަމަލުކުރާ މީހަކު ކަމުގައިވާށެވެ!  

އަބޫ ދަރުދާ އެވިދާޅުވާ ޙާލަތުގައި ސަލާމަތްކަމާއި އުފާވެރިކަން ލިބޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން