އެއްމްޑީޕީގެ ނިންމެވުމާއެކު ޖޭޕީ އާއި އެމްއާރްއެމް ރައީސް ޞާލިޙްގެ އަރިހަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
އެއްމްޑީޕީގެ ނިންމެވުމާއެކު ޖޭޕީ އާއި އެމްއާރްއެމް ރައީސް ޞާލިޙްގެ އަރިހަށް!

ކޯލިޝަން އެއްބަސްވުމާއި ހިލާފަށް އެމްޑީޕީން މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވަދަކުރަން ނިންމެވުމާ ގުޅިގެން، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އިތުރުން ރައީސް މައުމޫންގެ އެމްއާރްއެމް އިން ރައީސް ޞާލިޙްގެ އަރިހަށްް މަޝްވަރާއަށް ދިޔުމަށް ނިންމައިފިއެވެ. 

ކޯލިޝަންގެ އެއްބަސް ވުމުގައި  ވާގޮތުން، ރައީސް ޞާލިޙް ހިމެނިވަޑައިގަންވާ އެމްޑީޕީން ވާދަކުރާނީ ސާޅީސް އިންސައްތަ ގޮނޑިއަށެވެ. އަދި ޖުމްހޫރީ ޕާޓީން ފަންސަވީސް އިންސައްތަ، އަދާލަތު ޕާޓީން ފަނަރަ އިންސައްތަ ގޮންޑިއަށް ވާދަ ކުރާނެ ކަމަށް އެ އެއްބަސްވުމުގައި ވެއެވެ. މީގެ އިތުރުން ރައީސް މައުމޫން ރިފޯމް މޮމެންޓުން ވާދަ ކުރާނެ ކަމަށް އެ އެއްބަސްވުމުގައި ވަނީ ވިހި އިންސައްތަ ގޮނޑިއެވެ. އެގޮތުން ބަލައިފި ނަމަ، އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނީ 35 ދާއިރާއަށެވެ. ހަމައެހެންމެ، ޖުމްހޫރީ ޕާޓީން ވާދަ ކުރާނީ 22 ދާއިރާއަށެވެ. މީގެ އިތުރުން އަދާލަތު ޕާޓީން 13 ދާއިރާއަށް އަދި އެމްއާރުއެމްއިން ވަދަކުރާނީ 17 ދާއިރާ އަށެވެ. 

ނަމަވެސް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަކުން ވަނީ އެ އެއްބަސްވުމާ ހިލާފަށް މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރަން ނިންމާފަ އެވެ. 

އެނގިފައިވާ ގޮތުން ޖޭޕީ އަދި އެމްއާރުއެމުން ރައީސް ޞާލިޙްގެ އަރިހަށް ދިޔުމަށް ނިންމައިފައި ވަނީ މިކަމާ މެދު އިތުރު މަޝްވަރާތަކެއް ކުރުމަށެވެ. ހާއްސަކޮށް އެމްޑީޕީގެ ނިންމެވުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށް ބެލެވެއެވެ.

 

 

މިއަދު އޮންލައިން