އެމްޑީޕީ ފިޔަވައި ކޯލިޝަންގެ އެހެން ޕާޓީތައް ވާދަކުރާނީ އެއްބަސްވުމާ އެއްގޮތަށް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެމްޑީޕީ ފިޔަވައި ކޯލިޝަންގެ އެހެން ޕާޓީތައް ވާދަކުރާނީ އެއްބަސްވުމާ އެއްގޮތަށް!

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޯލިޝަންގެ ޕާޓީތަކުގެ ތެރެއިން އެމްޑީޕީ ފިޔަވައި ދެން ހުރި ޕާޓީތަކުން ވާދަކުރާނީ ރައީސް ޞާލިޙްއާ ކޯލިޝަން ލީޑަރުން އެއްބަސްވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށް ނިންމައިފިއެވެ.

އެ އެއްބަސްވުމުގައި ވާ ގޮތުންނަމަ، ރައީސް ޞާލިޙް ހިމެނިވަޑައިގަންވާ އެމްޑީޕީން ވާދަކުރާނީ ސާޅީސް އިންސައްތަ ގޮނޑިއަށެވެ. އަދި ޖުމްހޫރީ ޕާޓީން ފަންސަވީސް އިންސައްތަ، އަދާލަތު ޕާޓީން ފަނަރަ އިންސައްތަ ގޮންޑިއަށް ވާދަ ކުރާނެ ކަމަށް އެ އެއްބަސްވުމުގައި ވެއެވެ. މީގެ އިތުރުން ރައީސް މައުމޫން ރިފޯމް މޫމެންޓުން ވާދަ ކުރާނެ ކަމަށް އެ އެއްބަސްވުމުގައި ވަނީ ވިހި އިންސައްތަ ގޮނޑިއެވެ.

މަޖިލީސް އިންތިހާބުގެ އިތުރުން، 2020 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ގުޅިފައިވާ ޕާޓީތަކުން މި ބަޔާން ކުރި ގޮތަށް ވާދަކުރަން ވެފައިވާ އެއްބަސްވުމުގައި، ބުނެފައި ވެއެވެ.

އެއްބަސް ވުމުގައި ވާ ގޮތަށް ހިސާބު ހަދައިފި ނަމަ، އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނީ 35 ދާއިރާއަށެވެ. ހަމައެހެންމެ، ޖުމްހޫރީ ޕާޓީން ވާދަ ކުރާނީ 22 ދާއިރާއަށެވެ. މީގެ އިތުރުން އަދާލަތު ޕާޓީން 13 ދާއިރާއަށް އަދި އެމްއާރުއެމްއިން ވަދަކުރާނީ 17 ދާއިރާ އަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ވަނީ އެ އެއްބަސްވުމާ ހިލާފަށް މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރަން ނިންމާފަ އެވެ.

މިއަދު އޮންލައިން