އދގެ ގުނަވަންތަކުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.
މިކަމަށްޓަކައި މަޝްވަރާކޮށްފައިވަނީ ރާއްޖޭގައި ހުންނަވާ އދގެ މަންދޫބު ޝޯކޯ ނޯޑާ އާއި ޔުނިސެފްގެ މަންދޫބު މުހައްމަދު އަލް މުނީރު އާއި ޑަބްލިޔޫއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު މާތުރު މިއަދު ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ޚާރިޖިއްޔާގައެވެ.
ޚާރިޖިއްޔާއިން ބުނެފައިވަނީ މި ބައްދަލުކުރެއްވުމުގައި އދގެ ގުނަވަންތަކުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމާއިބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
UN Resident Coordinator to the Maldives, Ms. Shoko Noda, accompanied by WHO Representative Dr. Arvind Mathur, UNICEF Representative Mr. Mohamed El Munir A. Safieldin, calls on Foreign Minister Shahid and discuss ways to further strengthen Maldives collaboration with the UN. pic.twitter.com/qSOi0dVdX8
— MFA Maldives (@MDVForeign) December 3, 2018