ގޮނޑިތަކުގެ މައްސަލާގައި ކޯލިޝަން ލީޑަރުންގެ ވަކިވަކި ބައްދަލުވުންތަކެއް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
ގޮނޑިތަކުގެ މައްސަލާގައި ކޯލިޝަން ލީޑަރުންގެ ވަކިވަކި ބައްދަލުވުންތަކެއް!

މަޖިލިސް ގޮނޑިތަކުގެ މައްސަލާގައި ކޯލިޝަން ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވުންތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ކޯލިޝަންގެ ލީޑަރުންގެ ވަކިވަކި ބައްދަލުވުންތަކެއް ކުރިއަށް ގޮސްފިއެވެ. 

ކޯލިޝަންތެރޭގައި ހިތްހަމަނުޖެހުން ބޮޑުވެފައިވާ ގޮނޑިތައް ބެހުމުގެ މައްސަލައާއި ގުޅިގެނ ފުރަތަމަ ބައްދަލު ކުރައްވާފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ޖޭޕީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އެވެ. މި ބައްދަލުވުން ކުރިއަށް ގޮސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. މި ދެބޭފުޅުން ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅެއް އަދި ބައްދަލުކުރެއްވި ތަނެއް ވެސް މީޑިއާއަށް އެނގިފައި ނުވެއެވެ.

މީގެ އިތުރުން، ރޭގެ ވަގުތެއްގައި އެމްއާރުއެމް އަދި އަދާލަތު ޕާޓިންވެސް ވަނީ ބައްދަލުވުމެއް ބާއްވާފައި އެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ އަދާލަތު ޕާޓީގެ ރަސްމީ އޮފީހުގައި އެވެ. ރައީސް މައުމޫނާއި އަދާލަތު ޕާޓިގެ ލީޑަރު ވެސް ބައްދަލުކުރެއްވި ނަމަވެސް، ބައްދަލުވުމަކީ ގޮނޑީގެ މައްސަލައިގައި ބެއްވި ބައްދަލުވުމެއްކަން ފިޔަވައި ބައްދަލުވުމާއި ގުޅޭ މާބޮޑު ތަފްސީލެއް މީޑިއާއަށް ދީފައި ނުވެއެވެ.

 

 

މިއަދު އޮންލައިން