ހޯރަ އިއްބެ މިނިވަން ކުރަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހޯރަ އިއްބެ މިނިވަން ކުރަނީ

އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ގެ އަދަބު ލުއިކޮށްދީ މިނިވަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސްގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވީ ހޯރަ އިއްބެގެ އަދަބު ލުއިކޮށްދިނުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

2016 ވަނަ އަހަރު ހޯރަ އިއްބެ ގެއަށް ބަދަލު ކުރުމަށް ކްލެމެންސީ ބޯޑުން ވަނީ ނިންމާފައެވެ. މިނިންމުމަށް ރިއާޔަތްކޮށް ހޯރަ އިއްބެގެ އަދަބު ލުއިކޮށްދިނުމަށް ރައީސް ނިންމާފައިވާ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ

ބަދުއަހުލާތީ މައްސަލައެއްގައި ހޯރަ އިއްބެ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 01 ޑިސެމްބަރ 2013 ވަނަ ދުވަހުގަ އެވެ. އޭނާގެ ހުކުމުގެ މުއްދަތު ހަމަވާނީ 08 ޖެނުއަރީ 2023 ގަ އެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ހޯރަ އިއްބެ އަކީ އެމަނިކުފާނުގެ ވަރަށް އަރިސް ބޭފުޅެއްކަމަށާއި، ހޯރަ އިއްބެގެ މައްޗަށް ހުކުމެއްކޮށް ޖަލަށްލާފައިވަނީ ރޭވުމެއްގެ ތެރެއިން ކަމަށެވެ. އެހެން ކަމުން އިންސާފުވެރި ޝަރީޢަތެއް ހޯރަ އިއްބެ އަށް ލިބެން ޖެހޭނެކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.  

ހޯރަ އިއްބެ އަކީ ރައީސް ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީކަން ކުރައްވާފައިބާ ބޭފުޅެކެވެ.

މަުލޫމާތުލިބިފައިވާ ގޮތުގައި އަންނަ ބުރާސްފަތި ދުވަހު ހޯރަ އިއްބެ މިނިވަންވާނެ އެވެ.  

 

 

މިއަދު އޮންލައިން