އެސްޓީއޯގެ ގުދަންތަކުގައި ހުރި ކާޑުގެ ބާވަތްތައް ފެނުން ސަލާމަތް ކުރަން އެސްޓީއޯ މުވައްޒިފުން އިއްޔެ ކުރި ބުރަ މަސައްކަތަށް ތަޢްރީފް ޙައްޤެވެ. އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ޙުސައިން އަމްރު ވެސް ވަނީ އެކަން ފާހަގަކުރައްވައިފައެވެ.
އެހައި ކުއްލި ގޮތަކަށް ފެން ބޮޑުވުމުންވެސް ބަސްތާތައް އުފުލައި ހެދުމަކީ ކުރަން ވަރަށް ބުރަމަސައްކަތެއް ނަމަވެސް މުވައްޒިފުން އެވަނީ އެ މަސައްކަތް ކޮށްފައެވެ. ގުދަނުން ފެން ހިއްކުމުގެ މަސަކަތް އެހައި ބުރަކޮށް ނުކުރި ނަމަ މުޅި ރާއްޖެއަށް އެކަމުގެ ތަކުލީފް އުފުލަން ޖެހުނީހެވެ. ކިތަންމެ އަވަހަކަށް އެތެރެކުރަން މަސައްކަތް ކުރި ނަމަވެސް އެކަމުގެ ތަކްލީފްތަކެއް ޖެހޭނެތީއެވެ.
މިއީ ހަމަ ކޮންމެ މުވައްޒިފަކުވެސް ދަސްކުރަންޖެހިފައިވާ ކަމެކެވެ. ކޮންމެ ކުންފުންޏެއްގައި އަދި ކޮންމެ ތަނެއްގައި މަސައްކަތް ކުރި ނަމަވެސް މެއެވެ.
