ކޮމަންވެލްތުގައި އަލުން ބައިވެރިވާން ރަސްމީކޮށް ރައީސް ޞާލިޙު ހުށަހަޅުއްވައިފި

ކިޔުމަށް ހޭދަވާނީ 1މ 1ސ
ކޮމަންވެލްތުގައި އަލުން ބައިވެރިވާން ރަސްމީކޮށް ރައީސް ޞާލިޙު ހުށަހަޅުއްވައިފި

ރާއްޖެއިން އަލުން ކޮމަންވެލްތުގައި ބައިވެރިވާން ކެބިނެޓާއި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާތީ އެ ޖަމާއަތުގެ މެމްބަރަކަށް އަލުން ހަދައިދެއްވުމަށް އެދިލައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މިއަދު ހުށަހަޅުއްވައިފި އެވެ.

 

ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑް އަށް ރައީސް ޞާލިޙު ފޮނުވި ސިޓީފުޅުގައި، އެ ޖަމާއަތުގެ އުސޫލުތައް ގަބޫލުކޮށް އެކަންކަމަށް ރާއްޖެއިން އިހުތިރާމް ކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

 

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރައީސް އޮފީހުން ބުނެފައިވަނީ، ރައީސްގެ ސިޓީފުޅުގައި އިންސާނީ ހައްގުތަކާއި ޖިންސީ ހަމަހަމަކަމާއި ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތައް ރާއްޖެއިން ގަބޫލުކުރާ ކަމަށާއި ތަރައްގީވަމުން އަންނަ ގައުމަކަށް ރާއްޖެ ވާއިރު އެކަންކަން މުހިންމު ކަމަށް ވެސް ބަޔާންކުރައްވާފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭނުން ވަނީ އެހެން ގައުމުތަކާއި ވަކިވެގެން އުޅެން ނޫންކަމަށް ވެސް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

 

ކޮމަންވެލްތުގައި އަލުން ބައިވެރިވުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން އެއް ވައުދެވެ.

މިއަދު އޮންލައިން