އަދަދަށް މެމްބަރުން ހަމަކޮށް އެމްޓީޑީ އުފައްދަން ހުށަހަޅައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
އަދަދަށް މެމްބަރުން ހަމަކޮށް އެމްޓީޑީ އުފައްދަން ހުށަހަޅައިފި!

ޕާޓީ އުފެއްދުމަށް ބޭނުންވާ މެމްބަރުންގެ އަދަދު (3000 މެމްބަރުން) ކަމަކޮށް، މޯލްޑިވްސް ތާޑްވޭ ޑިމޮކްރޭޓްސް (އެމްޓީޑީ) އުފެއްދުމަށް ބާއްވާ ޖަލްސާގެ ހުއްދައަށް އެޕާޓީން މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދިއްޖެއެވެ.

އެ ޕާޓީގެ އެއްމެ އިސްކޮށް އުޅުއްވާ އިސްމާއިލް އާސިފު ވިދާޅުވީ ޕާޓީ އުފެއްދުމަށް ބޭނުންވާ ތިންހާސް މެމްބަރުންގެ ފޯމް މިއަދު އިލެކްޝަނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. ތިން ހާސް މެމްބަރުން ހަމަކޮށް އީސީއަށް ފޯމުތައް ހުށަހެޅުމުން ޕާޓީ ރަޖިސްޓްރީ ކުރުމަށްޓަކައި ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދައެއް އީސީން ދޭން ޖެހޭނެއެވެ. މި ޖަލްސާގައި އެ ޕާޓީގެ އަސާސީ ގަވާއިދު ފަދަ މުހިއްމު އަސާސްތައް ފާސްކުރަން ޖެހެއެވެ.

މީގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް ވަނީ ފައްޓަވާފއި ކަމަށް ޚަބަރުތައް ދަނީ ފެތުރެމުންނެވެ.

މިއަދު އޮންލައިން