އެސްޓީއޯގެ ފްލެޓްތަކަށް ފައިސާ ދެއްކުން ވަގުތީގޮތުން ހުއްޓާލައިފި

ކިޔުމަށް ހޭދަވާނީ 52ސ
އެސްޓީއޯގެ ފްލެޓްތަކަށް ފައިސާ ދެއްކުން ވަގުތީގޮތުން ހުއްޓާލައިފި

ހިޔާ މަޝްރޫއުގެ ދަށުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަޅާ ފްލެޓްތަކަށް ފައިސާ ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

 

އެސްޓީއޯއިން ނެރެފައިވާ އިންޓާނަލް މެމޯއެއްގައި ބުނެފައި ވަނީ އެކުންފުނީގެ ހިޔާ ފްލެޓްގެ ފައިސާ ބަލައިގަތުން މި މަހުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށާއި މިހާތަނަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އަނބުރާ އެ ފައިސާ މި މަހުގެ މުސާރައާ އެކު ޖަމާކުރާނެ ކަމަށެވެ.

 

މިކަމާއި ގުޅޭގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ވިދާޅުވީ، ފްލެޓަށް ފައިސާ ނެގުން ހުއްޓާލީ މިހާރު ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން އަމަލު ކުރާ ނަމަ ބޮޑެތި މައްސަލަތަކެއް ދިމާވާނެތީ ކަމަށެވެ.

 

"މިސާލަކަށް 10000ރ. ލިބޭ މުވައްޒަފަކު ގާތްގަނޑަކަށް 6000ރ. ދައްކަންޖެހޭ. އަދި ކްރެޑިޓް ސްކީމުތަކަށް ކަނޑާފައި ބައެއް މުވައްޒަފުން ގެއަށް ގެންދަން ލިބެނީ 400ރ. ވަރު. އެފަދަ ގޮތަކަށް އެކަން ކުރެވޭނެ ކަމަށް ގަބޫލެއް ނުކުރަން،" އަމްރު ވިދާޅުވި އެވެ.

މިއަދު އޮންލައިން