އަދީބުގެ އެމްޓީޑީ ޕާޓީ ރެޖިސްޓްރީ ކޮށްދީފި

ކިޔުމަށް ހޭދަވާނީ 50ސ
އަދީބުގެ އެމްޓީޑީ ޕާޓީ ރެޖިސްޓްރީ ކޮށްދީފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ޕާޓީ، ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް މިއަދު ރެޖިސްޓްރީ ކޮށްދީފިއެވެ. 

އެމްޓީޑީ އުފައްދަން ރަސްމީކޮށް ބާއްވަން ޖެހޭ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ. އެރޭ އެޖަލްސާގައި އެމްޓީޑީ އިފްތިތާޙްކޮށް، އިންތިގާލީ ކައުންސިލަށް 11 ބޭފުޅަކު ވެސް ވަނީ އައްޔަނު ކުރައްވާފައެވެ. 

އެމްޓީޑީ އުފައްދަވަން ހުއްދަ ލިބުމާއެކު، އެޕާޓީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީ ވެސް އަދީބުއެވެ. ޕާޓީ އުފައްދަން ހުއްދު ލިބުމާއެކު އެމްޓީޑީން އެޕާޓީ އުފައްދަވާފައިވަނީ 21 ދުވަސް ތެރޭގައެވެ.

އަލަށް ސިޔާސީ ޕާޓީއެއް އުފައްދަން މަދުވެގެން 3000 މީހުންގެ ސޮއި ބޭނުންވާއިރު، އެމްޓީޑީ އިން ވަނީ 3333 މީހުންގެ ސޮއި ހޯދާފައެވެ.

 

މިއަދު އޮންލައިން