އެމްޓީޑީ ގެ ރައީސް ކަމަށް އަދީބު އައްޔަނު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
އެމްޓީޑީ ގެ ރައީސް ކަމަށް އަދީބު އައްޔަނު ކޮށްފި

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ރައީސް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އައްޔަނު ކޮށްފިއެވެ.

 

އެމްޑީޓީއިން އެގޮތަށް ނިންމީ މިރެ އެޕާޓީން ބޭއްވި ކައުންސިލު ބައްދަލުވުމުގައި ބައިވެރިވި އަށް މެމްބަރުންގެ އިއްތިފާގުން ކަމަށް އެމްޓީޑީން ބުނެފައިވެއެވެ.

 

އެޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމުން، އެންމެ ފުރަތަމަ އެޕާޓީއަށް ސޮއި ކޮށްފައިވަނީ ވެސް އަދީބެވެ.

 

އަލަށް އުފެއްދި ޕާޓީއެއް ކަމަށްވާ އެމްޓީޑީގެ ރައީސްކަން އަދީބުއަށް ދީފައިވާއިރު، އޭނާ މިވަގުތު ހުންނެވީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ބަލިވެގެން، ގޭ ބަންދުގައެވެ. ތަފާތު ތިން ކުށެއް އަދީބުގެ މައްޗަށް ސާބިތުވެ، އޭނާއަށް ވަނީ 33 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

 

އެމްޓީޑީގެ ރައީސްކަން އަދީބުއަށް ދީފައިވާއިރު، އެޕާޓީގެ ނައިބު ލީޑަރަކަށް ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފު ވަނީ ހަމަޖައްސާފައެވެ. އާސިފްގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމިން ރަޝީދުވެސް ވަނީ އެޕާޓީގެ ނައިބު ލީޑަރެއްގެ ގޮތުގައި އައްޔަނު ކޮށްފައެވެ.

މިއަދު އޮންލައިން