މީލާދީ އައު އަހަރު ފާހަގަކުރަން ފާއިތުވި 5 އަހަރުވެސް ރާއްޖޭގައި ބާއްވަމުން އައި މިޔުޒިކް ޝޯ ނުބާއްވަން އެމްއެމްޕީ އާރުސީ އާއި ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕޮރޭޝަން ފަދަ ކުންފުނިތަކުން ނިންމުމުން ދީނީ ޢިލްމުވެރިން ގެންދަވަނީ އެކަމަށް ވަރަށް ބޮޑަށް ތާއީދު ކުރަމުންނެވެ.
ޝައިޚް ޝަފީޢު ޢަބްދުﷲ ވަނީ އެކަމަށް މަރުޙަބާ ވިދާޅުވެ ކުރިއަށް އޮތް 5 އަހަރުވެސް މި ގޮތުގައި ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ މެސެޖް ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށްވެސް އަރުވައިފައެވެ.
ދީނީ އިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ ޒުވާނުންނަށް ކުރިއެރުން ހޯދައިދޭން ކުރަންވީ ކަމަކީ ޒުވާނުން ޢިލްމްވެރި ކުރުވައި ތަރުބިއްޔަތުކޮށް ވަޒީފާ އަދާކޮށްގެން ނުވަތަ އަމިއްލަ މަސައްކަތުން އަމިއްލައަށް ދިރިއުޅުމުގެ ފުރުޞަތުތައް ފަހިކޮށް ދިނުން ކަމަށެވެ. ޒުވާނުންނަށް އިސްލާމް ދީނުގެ ފުރިހަމަކަން އޮޅުންފިލުވައިދީ ޒުވާނުންގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި ޖެއްސުވުން ކަމަށެވެ.
ދީނީ ޢިލްމްވެރިން ގެންދަވަނީ މިފަދަ މިޔުޒިކް ޝޯތައް ނުބޭއްވުމަށް އިލްތިމާސްކުރައްވަމުންނެވެ.