ބްރިޖުގެ ބަސް ދަތުރުތަކަށް މާދަމާއިން ފެށިގެން އަގު ނަގަން ފަށާނެ ‍‍‍- ފައިސާ ދައްކަންޖެހޭނީ އެކަމަށް ހާއްސަ ކާޑު ގަނެގެން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
ބްރިޖުގެ ބަސް ދަތުރުތަކަށް މާދަމާއިން ފެށިގެން އަގު ނަގަން ފަށާނެ ‍‍‍- ފައިސާ ދައްކަންޖެހޭނީ އެކަމަށް ހާއްސަ ކާޑު ގަނެގެން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލެ، ހުޅުލެ އަދި ހުލުމާލެއާ ދެމެދު ބްރިޖުމަތިން ކުރާ ބަސް ދަތުރުތަކަށް މާދަމާއިން ފެށިގެން އަގު ނަގަން ފަށާނެއެވެ. 

އެމްޕީއެލް ބުނެފައިވަނީ މާދަމާއިން ފެށިގެން އަގު ނަގަން ފަށާއިރު މި ފައިސާ ދައްކަން ބޭނުންކުރަންޖެހޭނީ އެކަމަށް ހާއްސަކޮށް ހަދާފައިވާ "ޓަޗްލިންކް" ކާޑު ބޭނުންކޮށްގެން ކަމަށެވެ.

މިކާޑުން ފައިސާ ކެނޑުމަށް ބަހުގައި ބޭނުންކުރާ މެޝިނަށް ކާޑު ދިއްކޮށްލުމުން އެ ދަތުރަށްވާ ފައިސާ ކާޑުން އުނިވާގޮތަށް ވަނީ ފަރުމާކޮށްފައެވެ.

ކިތަންމެ ގިނަ މީހުންނަށްވެސް އެއްކާޑަކުން ބޭނުން ކުރެވޭއިރު މާލޭގައި ހުންނަ ހުޅުމާޅެ ބަސް ޓާމިނަލް އާއި ހުޅުމާޅޭގެ މައި ބަސް ޓަމިނަލް، އަދި ސްޓެލްކޯ ކައިރީ ހުންނަ ބަސް ސްޓޮޕުން 20ރ. މި ކާޑު އެމްޕީއެލް އިން ދަނީ ވިއްކަމުންނެވެ. އަދި ކާޑު ވިއްކާ ތަންތަނުން ކާޑަށް ފައިސާ އެޅޭނެއިރު އަދި ކުރިއަށް އޮތް ތަނުގައި ފިހާރަތަކުން ވެސް ކާޑަށް ފައިސާ އެޅޭ ގޮތް ހަދަން ނިންމައިފައި ވާކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

ބްރިޖުގައި ބަހުގެ ދަތުރުތައް ފެށި ފަހުން މިހާތަނަށް ދަތުރުކުރަމުން އައީ ހިލޭއެވެ.

 

މިއަދު އޮންލައިން