މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލެ، ހުޅުލެ އަދި ހުލުމާލެއާ ދެމެދު ބްރިޖުމަތިން ކުރާ ބަސް ދަތުރުތަކުގައި ސްކޫލު ޔުނިފޯމުގައި ތިބޭ ކުދިންނާއި ދެ އަހަރުން ދަށުގެ ކުދިންނަށް ހިލޭ ދަތުރު ކުރެވޭނެކަމަށް އެކުންފުނިން ބުނެފިއެވެ.
އެމްޕީއެލްގެ އިން ބުނެފައިވަނީ ސްކޫލް ޔުނިފޯމުގައި ދަތުރުކުރާ ދަރިވަރުންނާއި ދެ އަހަރުން ދަށުގެ ކުދިންނަށް ފީ ނުނެގި ނަމަވެސް ދެ އަހަރުން މަތީގެ ކުދިން ކުލަ ހެދުމުގައި ދަތުރުކުރާ ނަމަ ފީދައްކަން ޖެހޭނެކަމަށެވެ.
މިއަދުން ފެށިގެން ބަސް ދަތުރުތަކަށް ކޮޅަކަށް 10 ރުފިޔާ ނަގަން ފަށާފައިވާއިރު މި ފައިސާ ދައްކަން ބޭނުންކުރަންޖެހޭނީ އެކަމަށް ހާއްސަކޮށް ހަދާފައިވާ "ޓަޗްލިންކް" ކާޑެކެވެ.
މިކާޑުން ފައިސާ ކެނޑުމަށް ބަހުގައި ބޭނުންކުރާ މެޝިނަށް ކާޑު ދިއްކޮށްލުމުން އެ ދަތުރަށްވާ ފައިސާ ކާޑުން އުނިވާގޮތަށް ވަނީ ފަރުމާކޮށްފައެވެ.
ކިތަންމެ ގިނަ މީހުންނަށްވެސް އެއްކާޑަކުން ބޭނުން ކުރެވޭއިރު މާލޭގައި ހުންނަ ހުޅުމާޅެ ބަސް ޓާމިނަލް އާއި ހުޅުމާޅޭގެ މައި ބަސް ޓަމިނަލް، އަދި ސްޓެލްކޯ ކައިރީ ހުންނަ ބަސް ސްޓޮޕުން 20ރ. މި ކާޑު އެމްޕީއެލް އިން ދަނީ ވިއްކަމުންނެވެ. އަދި ކާޑު ވިއްކާ ތަންތަނުން ކާޑަށް ފައިސާ އެޅޭނެއިރު އަދި ކުރިއަށް އޮތް ތަނުގައި ފިހާރަތަކުން ވެސް ކާޑަށް ފައިސާ އެޅޭ ގޮތް ހަދަން ނިންމައިފައި ވާކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
ބްރިޖުގައި ބަހުގެ ދަތުރުތައް ފެށި ފަހުން މިހާތަނަށް ދަތުރުކުރަމުން އައީ ހިލޭއެވެ.