ބްރިޖު ހައިވޭ މަތިން ކާރެއް ފުރޮޅާލައި، ދުއްވަން އިން މީހާ ހޮސްޕިޓަލަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 31ސ
ބްރިޖު ހައިވޭ މަތިން ކާރެއް ފުރޮޅާލައި، ދުއްވަން އިން މީހާ ހޮސްޕިޓަލަށް ގެންގޮސްފި

ސިނަމާލެ ބްރިޖު ހައިވޭ މަތިން މިއަދު ހެނދުނު ކާރެއް ފުރޮޅާލައި، ކާރު ދުއްވަން އިން މީހާ ހޮސްޕިޓަލަށް ގެންގޮސްފިއެވެ. 

އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 7:50 ގައި ކަމަށެވެ. 

ކާރު ފުރޮޅާލިއިރު އޭގައި އިނީ އެންމެ މީހެއް ކަމަށާއި އެމީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކާރު ފުރޮޅާލާފައިވަނީ ހައިވޭގެ އަރިމަތީގައި ހުރި ފެންސުގައި ޖެހިގެންނެވެ. 

މިއެކްސިޑެންޓުގައި ފުރޮޅާލި ކާރުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

މިއަދު އޮންލައިން