ލިޔުނީ: ޒިދާން މުހައްމަދު
އެމެރިކާގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރާނެ ޕީއާރް ކުންފުންޏެއް ހޯދަން އިއުލާނުކޮށްފި އެވެ. މި އުލާންކޮށްފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިންނެވެ.
އެމްއެމްޕީއާރުސީން ކުރި އިއުލާނުގައި ބުނީ 1 އަހަރުގެ މުއްދަތަށް އެމެރިކާގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ ޕީއާރް ކުންފުންޏަށް ވުމަށް ޝައުގުވެރިވާ ފަރާތަކުން މިމަހުގެ ނުވަވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި، ދުނިޔޭގެ އެކި ހިސާބުތަކަށް ރާއްޖެ އިސްތިހާރު ކުރުމަށް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މީގެ ކުރިން އެމްއެމްޕީއާރްސީއިން ވަނީ ޔޫރަޕުގެ ބައެއް ގައުމުތަކަށް ހާއްސަކޮށް ޕީއާރް ކުންފުނިތައް ހޯދަން ވެސް އިއުލާނުކޮށްފަ އެވެ. މީގެ ތެރޭގައި، އެންމެ ފަހުން އިއުލާނުކޮށްފައިވަނީ އިޓަލީގައި ހަރަކާތްތެރިވާނެ ކުންފުންޏެއް ހޯދާށެވެ.
އެ ކުންފުނިން ދަނީ ރާއްޖެ މާކެޓްކުރުމަށް ގިނަ ފެއާތައް ވެސް އެކި ގައުމުތަކުގައި ބާއްވަމުންނެވެ.