ޕީއެސްއެމް ޗެއާމަނަކަށް ހިލްމީ އަދި ބޯޑް މެމްބަރަކަށް މަރިޔަމް ވަހީދާ.

ކިޔުމަށް ހޭދަވާނީ 48ސ
ޕީއެސްއެމް ޗެއާމަނަކަށް ހިލްމީ އަދި ބޯޑް މެމްބަރަކަށް މަރިޔަމް ވަހީދާ.

ލިޔުނީ: ޒިދާން މުހައްމަދު

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެއާމަންގެ މަގާމަށް ތ ވިލިފުށި ހުސްނުހީނާގޭ އިބްރާހީމް ހިލްމީ އައްޔަންކުރައްވައިފިއެވެ. ހިލްމީއަށް މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް ޞާލިޙް މިއަދު ވަނީ އަރުވާފައެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި، އިބްރާހިމް ހިލްމީއަކީ ޕީއެސްއެމްގެ ފުރަތަމަ ބޯޑުގެ ވައިސް ޗެއާމަންގެ މަޤާމު ފުރުއްވި ބޭފުޅާއެވެ. އަދި ޕީއެސްއެމްއަށް އޭނާ ވަނީ ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ. 

މީގެ އިތުރުން، ޕީއެސްއެމްގެ ބޯޑަށް ގ. ހިލްމަން މަރިޔަމް ވަހީދާ ވަނީ އައްޔަންކުރައްވާފައެވެ. މަރިޔަމް ވަހީދާއަކީ ޕީއެސްއެމްގެ ދިވެހި ރާއްޖޭގެ އަޑުގައި މަސައްކަތް ކުރުމުގެ އިތުރަށް އެތަން ހިންގުމަށް ކުރިން އެކުލަވާލި ބްރޯޑްކާސްޓިންގް ކޯޕަރޭޝަންގެ ބޯޑް މެމްބަރުކަންވެސް ކުރައްވާފައިވާ ބޭކަނބަލެކެވެ.

މިއަދު އޮންލައިން