ޕީއެސްއެމް އާއި ގުޅޭ 14 މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވޭ

ކިޔުމަށް ހޭދަވާނީ 49ސ
ޕީއެސްއެމް އާއި ގުޅޭ 14 މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވޭ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ގުޅޭ 14 މައްސަލައެއް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް ޕީއެސްއެމްގެ މިހާރުގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވެއްޖެއެވެ.

 

ވީޓީވީއަށް ރޭ ދެއްވި ބަސްދީ ގަތުމެއެއްގައި ވާހަކަފުޅު ދައްކަވަމުން ޚާލިދު ވިދާޅުވީ މިދިޔަ އަހަރުތަކު ތެރޭގައި ޕީއެސްއެމްގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި އޭގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ބައެއް ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ލޯނު ނަގާފައިވުން ކަމަށެވެ. އަދި ކުންފުންޏަށް އެއްޗެހި ގަތުމުގައި ޕްރޮކިއުމަންޓު އިޖުރާއަތްތަކާ ހިލާފުވެފައިވާ ކަމަށާއި އޭގެ 14 މައްސަލައެއް މިހާރު އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް ވެސް ޚާލިދު ވިދާޅުވިއެވެ.

 

"މީގެ މާނައަކީ ކޮރޮޕްޝަންގެ މައްސަލަ އުޅެނީ ކަމަށް އަޅުގަނޑަކަށް ކަނޑައެއް ނޭޅޭނެ. ނަަމަވެސް އަޅުގަނޑު ބަލާލި ބަލާލުމުގައި ޕްރޮކިއުމަންޓް ޕްރޮސީޖާ އިން ބޭރުން ކޮށްފައި ހުރީ،" ޚާލިދު ވިދާޅުވި އެވެ.

މިއަދު އޮންލައިން