ހުޅުމާލޭ ބަސްދަތުރުތައްވެސް އެމްޓީސީސީ އާ ހަވާލުކޮށް ޚިދުމަތް އިތުރަށް ފުރިހަމަކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހުޅުމާލޭ ބަސްދަތުރުތައްވެސް އެމްޓީސީސީ އާ ހަވާލުކޮށް ޚިދުމަތް އިތުރަށް ފުރިހަމަކުރަނީ

ހުޅުމާލޭ ބަސްދަތުރުތައްވެސް އެމްޓީސީސީ އާއި ހަވާލުކޮށް ޚިދުމަތް އިތުރަށް ފުރިހަމަކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.  

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޢައިޝަތު ނަހުލާ ވިދާޅުވީ މިކަމާއިބެހޭ މަޝްވަރާތައް އެމް]ޕީއެލް އާއި އެމްޓީސީސީ އިން މިހާރުވެސް ފަށާފައިވާ ކަމަށެވެ. ނަމަވެސް މި ބަދަލު ގެނެވޭނެ ދުވަހެއް ނުވަތަ ތާރީޚް އަދި ވިދާޅުވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.  

މިނިސްޓަރ ޢައިޝާ ވިދާޅުވީ މާލޭގައި ދުއްވަން ހަމަޖެހިފައިވާ މިނި ބަހުގެ ދަތުރުތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެސް މިހާރު ވަމުން އަންނަ ކަމަށެވެ. އަދި މާލޭގައި ދުއްވަން ހަމަޖެހިފައިވަނީ ތިމާވެށްޓާއި ރައްޓެހި ބަސްތަކެއް ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ އަހްމަދު ޢާދިލް ވިދާޅުވީ މިކަމުގެ މަޝްވަރާތައް ކުރެވެމުން ދަނީ ދައުލަތުގެ ކަމާއި ބެހޭ އިދާރާތައް ވެސް ގުޅިގެން ކަމަށާއި މަޝްވަރާތައް ނިމުމުން އެމްޕީއެލް އިން ބޭނުންކުރާ ބަސްތައް އެމްޓީސީސީއަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި މަޝްވަރާތައް ނިމުމުން ތަފްޞީލުތައް ހާމަކުރައްވާނެ ކަމަށެވެ.  

ރަފީޢު ވިދާޅުވީ މި ބަދަލު ގެނެސް ހުރިހާ ދަތުރުތައް އެއް ފުޜާޅެއްގެދަށަށް ގެނެވުމުން ޚިދުމަތް މިހާރަށްވުރެ ފުރިހަމަވެގެންދާނެ ކަމަށެވެ. 

މިއަދު އޮންލައިން