އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު ހެޔޮކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 28ސ
އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު ހެޔޮކޮށްފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާއި ގުޅިގެން ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު އެސްޓީއޯއިން ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނެފައިވަނީ 14 ޖެނުއަރީ 2019 ފެށިގެން ޑީސަލް ލީޓަރެއް ވިއްކަމުން ގެންދާނީ 9.99 ރުފިޔާ އަށް ކަމަށާއި ޕެޓްރޯލް ލީޓަރެއް ވިއްކަމުން ގެންދާނީ 10.19 ރުފިޔާ އަށް ކަމަށެވެ.

މީގެ ކުރިން ޑީސަލް ލީޓަރެއް އެސްޓީއޯއިން ވިއްކަމުން ގެންދިޔައީ 11.99 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަމުން ގެންދިޔައީ 11.19 ރުޕިޔާއަށެވެ.

މި ބަދަލާއެކު ޑީސަލް ލީޓަރަކުން 2 ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން 1 ރުފިޔާ ވަނީ އަގުހެޔޮވެފައެވެ.

މިއަދު އޮންލައިން