ދިރާގާއި އުރީދޫގެ މަސައްކަތްތައް ކޮމިއުނިކޭޝަން މިނިސްޓަރ ބައްލަވާލައްވައިފި

ކިޔުމަށް ހޭދަވާނީ 1މ 15ސ
ދިރާގާއި އުރީދޫގެ މަސައްކަތްތައް ކޮމިއުނިކޭޝަން މިނިސްޓަރ ބައްލަވާލައްވައިފި

ރާއްޖޭގައި މުއާސަލާތީ ޚިދުމަތްދެ ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫގެ މަސައްކަތްތައް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލު، ބައްލަވާލައްވައިފިއެވެ. 

އެމިނިސްޓްރީ އާއި ގުޅިފައިވާ ދާއިރާތަކުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބައްލަވާލެއްވުމަށް މިނިސްޓަރ މަލީޙް ދިރާގުގެ ހެޑް އޮފީހަށް ވަޑައިގެން އެތަނުގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. އަދި އުރީދޫގެ ހެޑް އޮފީހަށް ވަޑައިގެން އެތަނުގެ އިސްވެރިންނާއި ބައްދަލު ކުރައްވާ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވަނީ ހަމަ މިމަހުގެ 13 ވަނަ ދުވަހުއެވެ. 

އެދެކުންފުނީގެ އިސްވެރިންނާއި ވެސް ބައްދަލު ކުރައްވަން މިނިސްޓަރ ގެ އިތުރުން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ. 

މިނިސްޓަރ މަލީޙްގެ އެބައްދަލުވުމުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދާއި އެހެން ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އުރީދޫއަށް ކުރެއްވި ޒިޔާރަތުގައި އެކުންފުނީގެ ސީއީއޯ ނަޖީބް ޚާން އާއި އެހެން ބައެއް އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. 

ދިރާގާއި އުރީދޫގެ ފަރާތުން ކުރަން ނިންމާފައިވާ ބޮޑެތި މަސައްކަތްތަކުގެ މައުލޫމާތާއި މީގެ ކުރިން ކަންކަން ހާސިލު ކޮށްފައުވާ ގޮތުގެ މައުލޫމާތު، އެދެ ކުންފުނިން ވަނީ މިނިސްޓަރ މަލީޙް އާއި ހިއްސާ ކުރައްވާފައެވެ.

މިއަދު އޮންލައިން