ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ދިރާގުގެ ބައެއް ޚިދުމަތްތަކަށް ބުރޫ އަރައިފި

ކިޔުމަށް ހޭދަވާނީ 37ސ
ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ދިރާގުގެ ބައެއް ޚިދުމަތްތަކަށް ބުރޫ އަރައިފި

ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ދިރާގުގެ ބައެއް ޚިދުމަތްތަކަށް އިއްޔެއިން ފެށިގެން ބުރޫ އަރައިފިއެވެ.

ދިރާގުން މައުލޫމާތު ދިން ގޮތުގައި، އިއްޔެއިން ފެށިގެން ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުގެ ސަބަބުން، ދިރާގު އެޕް އާއި މައި އެކައުންޓުގެ ޚިދުމަތްތައް ބޭނުން ކުރުން ވަނީ މެދުކެނޑިފައެވެ. 

މީގެއިތުރުން ބައެއް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ޕެކް ނެގުމުގެ މައްސަލަތަކެއް ވެސް ވަނީ ދިމާވެފައި ކަމަށް ދިރާގުން ބުނެފައިވެއެވެ. 

ދިރާގުން ބުނި ގޮތުގައި، ކަސްޓަމަރުންނަށް ދިމާވި މިދަތިކަން ވީހާވެސް އަވަހަށް ހައްލު ކުރުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ދިމާވި މިދަތިކަމަށް އެކުންފުނިން ވަނީ ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މާފަށް އެދިފައެވެ.

މިއަދު އޮންލައިން