މީޑިއާތަކުން ފަތުރާ ނަފުރަތު އުފެދޭ ލިޔުންތަކުގެ ޝަކުވާތަކެއް ދަނީ ލިބެމުން- މީޑިއާ ކައުންސިލު

ކިޔުމަށް ހޭދަވާނީ 1މ 6ސ
މީޑިއާތަކުން ފަތުރާ ނަފުރަތު އުފެދޭ ލިޔުންތަކުގެ ޝަކުވާތަކެއް ދަނީ ލިބެމުން- މީޑިއާ ކައުންސިލު

ރާއްޖެގެ ބައެއް އޮންލައިން ނޫސްތަކުން ފިތުނަ ފަސާދައަށް މަގުފަހިވާފަދަ ލިޔުންތައް ޝާއިއުކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

 

މީޑިއާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފަހަކަށް އައިސް ބައެއް އޮންލައިން މީޑިއާތަކުން ދީނީ އަދި އާންމު އަޚުލާގީ މިންގަނޑުތަކާއި ޚިލާފު، ނަފުރަތާއި ފިތުނަ ފަސާދަ އުފެދެ ނޫސްވެރިކަމުގެ މިންގަނޑުތަކާއި ޚިލާފު އަދި ނުބައި މައުލޫމާތު ފެތުރޭ ލިޔުންތައް އިތުރުވަމުންދާކަމުގެ ޝަކުވާ އެކައުންސިލުގެ ވަކިވަކި މެމްބަރުންނަށް ލިބެމުންދާ ކަމަށެވެ.

 

މިފަދަ ކަންކަމަކީ އެކައުންސިލާއި މީޑިއާގެ މުޅި އާއިލާއިން ނަގަހައްޓަން މަސައްކަތް ކުރަމުންދާ މިނިވަން ނޫސްވެރިކަމުގެ މިންގަނޑުން ބޭރު ކަންކަން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

 

"..ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކުރަން ޖެހޭނީ ޒިންމާދާރު ކަމާއެކު ވަކި އިންތަކެއްގެ ތެރެއިނެވެ. އަދި ޒިންމާދާރު ކަމާ ނުލައި ލިޔުންތައް ޝާއިއު ކުރުން މިކައުންސިލުން ބަލައިނުގަންނާނެ ކަމަށާއި، އެފަދަ ލިޔުންތައް ޝާއިއު ކުރުމެގެ އާހިރު ނަތީޖާއަށް ވެގެން ދާނީ ގައުމުގެ އަމަންއަމާންކަން ގެއްލިގެންގޮސް ބޮޑު ހަމަ ނުޖެހުމެއްގެ ތެރެއަށް ގައުމު ހުށަހެޅިގެންދާނެ ކަމަކަށެވެ." މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިއަދު އޮންލައިން