ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި، މޯލްޑިވިއަން ގެ ވެހިކަލަކާއި އެއާޕޯޓުގައި މަސައްކަތް ކުރާމުވައްޒަފެއްގެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއެކްސިޑެންޓު ހިނގާފައި ވަނީ މިއަދު ހެނދުނު 10:30 ހާއިރު، ވީއައިއޭގެ ކުރީގެ ނެރައި ދިމާލުގައި ކަމަށެވެ.
މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށް ކަމަށާއި އޭނާއަށް މިވަގުތު އެޗްއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ވެހިކަލަކާއި ސައިކަލެއް ޖެހި އެއާޕޯޓުގައި ހިނގި މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 23 އަހަރުގެ ފިރިހެނަކަށެވެ.