ސިނަމާލޭ ބުރިޖުގެ ވަގުތީ ޕްލެޓުފޯމު ނަގައިފި.

ކިޔުމަށް ހޭދަވާނީ 41ސ
ސިނަމާލޭ ބުރިޖުގެ ވަގުތީ ޕްލެޓުފޯމު ނަގައިފި.

ލިޔުނީ: ޒިދާން މުހައްމަދު 

ސިނަމާލޭ ބުރިޖު ހެދުމަށް އެޅި ވަގުތީ ޕްލެޓުފޯމުތައް އެ މަސައްކަތް ކުރި، ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން ނަގައިފި އެވެ. 

އެ ކުންފުނިން، ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ބްރިޖު ހެދުމަށް ބޭނުން ކުރި ހުރިހާ ވަގުތީ ޕްލެޓުފޯމުތައް ނަގއި ސާފުކޮށްފައެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި، ފުޅާ މިނުގައި 3.6 މީޓަރު އަދި ދިގު މިނުގައި 50 މީޓަރު ހުރި ހޮޅިތައް ވެސް ބޭނުންކޮށްގެން ހަދާފައިވާ، އޭގެން ޕްލެޓުފޯމެއްގައި 60 ދަގަނޑު ހޮޅި ބޭނުންކޮށްފައިވެއެވެ.

ސީސީސީސީން މިހާރު އަންނަނީ ބުރިޖު ހެދިއިރު، ބުރިޖާ ދިމާލުން މޫދައް އެޅިފައިވާ ކުނިތައއް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދަގަނޑުވެސް ހިމެނެއެވެ.

މިއަދު އޮންލައިން