އެފްއެސްއެމްގެ އެމްޑީއަކަށް ޤަސަމް ހަމަޖައްސައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
އެފްއެސްއެމްގެ އެމްޑީއަކަށް ޤަސަމް ހަމަޖައްސައިފި

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ފިޔުލް ސަޕްލައި މޯލްޑިވެސް (އެފްއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ގދ. ތިނަދޫ ސަނީ ޑޭލް މުޙައްމަދު ޤަސަމް ހަމަޖައްސައިފިއެވެ. 

އެސްޓީއޯގެ ބޯޑުން ވަނީ މާދަމާއިން ފެށިގެން ޤަސަމް އެ މަޤާމަށް ހަމަޖައްސައި އެކަން އިއުލާނުކޮށްފައެވެ. ޤަސަމް އަކީ އެންމެ ކުރިން ފެށިގެން އެމްޑީޕީގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ މެންބަރެކެވެ. 

އެފްއެސްއެމްގެ ކުރީގެ އެމްޑީ ޙުސައިން ދީދީ މަޤާމުން ވަކިކުރީ 41 މިލިއަން ރުފިޔާގެ ޚިޔާނާތާއި ކޮރަޕްޝަނުގެ މައްސަލަތަކެއްގައެވެ.

މިއަދު އޮންލައިން