ގިނަ ވަގުތަކެއްގަ އައިޖީއެމްއެޗް ކައިރީގަ ހުރި އެސްޓީއޯ ޕެޓްރޯލް ޝެޑް ހުރީ ބަންދުކޮށްފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ގިނަ ވަގުތަކެއްގަ އައިޖީއެމްއެޗް ކައިރީގަ ހުރި އެސްޓީއޯ ޕެޓްރޯލް ޝެޑް ހުރީ ބަންދުކޮށްފަ!

ހެނދުނު ގިނަ ވަގުތަކެއްގަ އައިޖީއެމްއެޗް ކައިރީގަ ހުރި އެސްޓީއޯ ޕެޓްރޯލް ޝެޑް ހުރީ ބަންދުކޮށްފައެވެ. މިކަމާއި ގުޅިގެން ޕެޓްރޯލް އަޅަން ދިއަ ބައަކު ވަނީ ނުރުހުން ފައުޅުކޮށްފައެވެ.

ބައެއް މީހުން ބުނީ ޕެޓްރޯލް އަޅަން ކިޔޫގައި ޖެހި ގިނަ ވަގުތުތައް ހޭދަކުރަންޖެހޭއިރު ޕެޓްރޯލް އަޅައިދޭން ޖެހޭ ވަގުތުތަކުގައި ބަންދުކުރުމުން ވަރަށް ބޮޑަށް ދަތިވާ ކަމަށެވެ. 

ބަންދުކުރީ ޓޭންކަށް ޕެޓްރޯލް އަޅަންކަމަށް އެތަނުގައި ތިބި ބައެއް މީހުން ބުނި ނަމަވެސް މިއަދުނޫހުގެ ނޫސްވެރިންނަށް ދެވުނު އިރު އެފަދަ ކަމެއްވެސް ނުހިނގައެވެ. ސުވާލަކަށް ޖަވާބު ދޭނެ މުވައްޒިފަކުވެސް ނެތެވެ. 

އެސްޓީއޯއިން މިހާރު ގެންދަނީ ސްޓެލްކޯ ކައިރީ ޝެޑުން 24 ގަޑިއިރު ޚިދުމަތް ދެމުންނެވެ. އެހެންކަމާއިއެކުވެސް ކިޔޫ އަބަދުވެސް ވަރަށް ދިގުކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން