ކުންފުނިތަކުން އެސްޓީއޯ އަށް ދަރާފައިވާ ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ކޯޓަށް

ކިޔުމަށް ހޭދަވާނީ 1މ 28ސ
ކުންފުނިތަކުން އެސްޓީއޯ އަށް ދަރާފައިވާ ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ކޯޓަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލްޤައްޔޫމް ސަރުކާރު ނިމުނުއިރު، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  (އެސްޓީއޯ) އަށް އެކި ކުންފުނިތަކުން 2.4 ބިލިއަން ރުފިޔާ ދަރާފައިވާ ކަމަށާއި އެފައިސާ އަނބުރާ ހޯދުމަށް ކޯޓަށް މައްސަލަތަކެއް ވައްދާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

 

ރާއްޖެޓީވީ ގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، ތެލާއި ކްރެޑިޓަށް ނަގައިގެންނާއި އެސްޓީއޯގެ ތަންތަން ކުއްޔަށް ހިފައިގެން، އަދި އެނޫން ވެސް އެކި އެކި ގޮތްގޮތުން އެސްޓީއޯއަށް ސަރުކާރާއި ކުންފުނިތަކުން ދައްކަން ޖެހޭ ބައިވަރު ފައިސާ އެބަ ހުރި ކަމަށާއި ނަމަވެސް އެފައިސާ އަނބުރާ ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ތަންތަން ވެސް އެބަހުރި ކަމަށެވެ. އެހެންކަމުން އެފައިސާ ހޯދުމަށް މިހާރު ކޯޓަށް މައްސަލަ ވައްދާފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ.

 

މީގެއިތުރުން އަމްރު ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ފެނަކަ އާއި މިފްކޯއިން ވެސް އެސްޓީއޯއިން ތެޔޮ ނެގުމަށްފަހު ފައިސާ ދައްކާފައި ނުވާކަމަށެވެ.

 

"ފެނަކައިން އެކަނިވެސް 685 މިލިއަން ރުފިޔާ އެބަހުރި. ތެޔޮ ގެންދޭ. ތެޔޮ ދޭން ޖެހޭ. އެހެން ނޫނީ ރަށްރަށުގައި ކަރަންޓެއް ނުހުއްނާނެ. މިފްކޯއަށް އެބަ ދޭން ޖެހޭ ތެޔޮ އެކަމަކު އަނބުރާ ފައިސާއެއް ނުލިބޭ. މިފްކޯ ހިންގަންވެެސް ތެޔޮ އެބަ ބޭނުންވޭ. އެހެން ނޫނީ މަސްވެރިން ބާނާ މަހެއް ނުގަނެވޭ. އެހެން ވީމައި އެސްޓީއޯއިން މިހާރު ތެޔޮ ގަންނަނީވެސް ލޯނު ނަގައިގެން. ބޮޑު އިންޓަރެސްޓް ރޭޓްގައި. އެންމެ ބޮޑު ހަރަދެއް ދަނީ އެކަމަށް." އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވިއެވެ.

މިއަދު އޮންލައިން