މަނަދޫ ކުނިކޮށީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ކިޔުމަށް ހޭދަވާނީ 31ސ
މަނަދޫ ކުނިކޮށީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ނ. މަނަދޫ ކުނިކޮށީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވި ގޮތުގައި މިހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިރޭ 21:15 ހާއިރެވެ. 

އަލިފާން ނިއްވުމަށް މަނަދޫގައި އަލިފާން ނިއްވާ ޕަމްޕެއް ނެތުމުގެ ސަބަބުން، ސޮނޭވާ ޖަނީ ރިސޯޓުގައި އެދިގެން ޕަމްޕެއް ގެނައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ. 

މަނަދޫގައިރޯވި އަލިފާންގަނޑު ނިއްވާލުމަށް ފުލުހުންނާއި އެރަށު ކައުންސިލާއެކު ސޮނޭވާ ޖަނީ ރިސޯޓުގެ ބައެއް މީހުން ވެސް އެހީތެރިވި ކަމަށް ފުލުހުން ބުންޏެވެ. 

ރޯވި އަލިފާންގަނޑު ނިއްވާލެވިފައިވަނީ މިރޭ 23:21 ހާއިރެވެ.

މިއަދު އޮންލައިން