އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އައިލަންޑް އެވިއޭޝަންގެ ބޯޑު މެންބަރު ޢަބްދުﷲ ޢާޒިމްގެ އެކައުންޓަށް ވެސް 50000 ޑޮލަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އައިލަންޑް އެވިއޭޝަންގެ ބޯޑު މެންބަރު ޢަބްދުﷲ ޢާޒިމްގެ އެކައުންޓަށް ވެސް 50000 ޑޮލަރު

އޭސީސީ މިއަދު ހާމަކުރި ތަފްޞީޅުތަކަށް ބަލާއިރު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އައިލަންޑް އެވިއޭޝަންގެ ބޯޑު މެންބަރު ޢަބްދުﷲ ޢާޒިމްގެ އެކައުންޓަށް ވެސް 50000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ދައްކައެވެ. 

މިއީ މިނިސްޓަރ މަޚްލޫފް އާއި ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނުގެ އެކައުންޓަށް ޖަމާކުރި އަދަދަށްވުރެ ބޮޑު އަދަދެކެވެ. މިނިސްޓަރ މަޚްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވަނީ 33000 ޑޮލަރެވެ. އަކްރަމްގެ އެކައުންޓަށް ޖަމާކޮށްފައިވަނީ 30000 ޑޮލަރެވެ.

މިނިސްޓަރ މަޚްލޫފް މިހާރުވަނީ އެ 33000 ޑޮލަރަކީ ކޮއްކޮ، މުބީން ހިންގި "ޖީންސް" ފިހާރައަށް ރުފިޔާ ދީފައި ގަތް ޑޮލަރުކަމަށް ބަޔާން ކުރައްވައިފައެވެ.

މިއަދު އޮންލައިން