އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީއިން އިއްޔެ ހާމަކުރި އެމްއެމްޕިއާރުސީގެ ކޮރަޕްޝަނާއިބެހޭ މައުލޫމާތަކީ މައްސަލަތަކުގެ ތެރެއިން ބައިކުޅަ ބައެއް ކަމަށާއި އެކުގައި ހާމަނުކުރި ސަބަބާއިމެދު ސުވާލު އުފައްދަވާ ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ނިޔާޒް ވިދާޅުވީ ރިޕޯޓްގައި ނުހިމެނޭ އެތައް ބައިވަރު ފައިސާ ތަކެއް އަދީބާއި އޭނާގެ ގުޅުންހުރި ކުންފުނިތަކުގެ އެކައުންޓްތަކަށް ވަދެފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ސަރުކާރުގެ ވެރިންނަށާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އެކައުންޓަތަކަށް ވަދެފައިވާ ކަމަށެވެ. މިގޮތުން ފައިސާ ލިބުނު ބައެއް މީހުން މިހާރުވެސް ސަރުކާރުގެ އިސް މަޤާމުތަކުގައި އެބަ ތިބިއިރު އަދީބު އަތުން ފައިސާ ލިބުނު ބައެއް މެންބަރުން މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކަމަށެވެ.
އެސްއޯއެފްގެ އެކައުންޓުގެ އިތުރުން އަދީބު އަތުން ފައިސާ ލިބުނު މީހުންގެ މައުލޫމާތުވެސް އޭސީސީ އާއި ހިއްސާ ކުރައްވާފައިވާނެ ކަމަށްވެސް ނިޔާޒް ވަނީ ވިދާޅުވެފައެވެ. އަދީބް އަތުން ފައިސާ ލިބުނު މީހުންގެ ތެރޭގައި އޭސީސީގެ ބައެއް މެންބަރުންނާއި ޢާއިލީ ގުޅުން ހުރި މީހުން ހިމެނޭކަން ޔަޤީން ކުރައްވާ ކަމަށެވެ.
It's just the tip of the iceberg. The massive chunk below the surface has to be unearthed and exposed. pic.twitter.com/G4BnG4Lkj9
— Niyaz Ibrahim (@niyaz_ibrahim) February 14, 2019