އެސްޓީއޯގެ ބޯޑުން ޔާސިރު ވަކިވެއްޖެ!

ކިޔުމަށް ހޭދަވާނީ 57ސ
އެސްޓީއޯގެ ބޯޑުން ޔާސިރު ވަކިވެއްޖެ!

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޯޑަށް މީގެ ދެހަފުތާއެއް ކުރިން އައްޔަން ކުރި މ.ހުއިވަނި އިސްމާއީލް ޔާސިރު، އެ މަގާމު ބޭނުން ނުވުމުން އޭނާގެ އެދިވަޑައިތުމުގެ މަތިން މަގާމުން ވަކިކޮށްފި އެވެ.

 

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑްގެ ޗެއާމަން މުހައްމަދު ނިޒާރު ވިދާޅުވީ އެސްޓީއޯގެ ބޯޑް މެމްބަރުކަން އަދާކުރެއްވެން ނެތްކަން ޔާސިރު އެންގެވީ އޭނާ މަގާމަށް އައްޔަން ކުރިކަން އަންގައި ފޮނުވި ސިޓީގެ ޖަވާބުގައި ކަމަށެވެ.

 

"އެސިޓީއަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ މަސައްކަތް ހުރި ގޮތުން ވަގުތު ދެއްވެން ނެތް ކަމަށް. އެހެންވެ އެމަގާމު ގަބޫލުކުރެއްވެން ނެތް ކަމަށް،" ނިޒާރު ވިދާޅުވި އެވެ.

 

އެސްޓީއޯގެ ބޯޑަށް ޔާސިރު އައްޔަންކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެ ބޯޑަށް އައްޔަންކުރައްވާފައިވާ ހުންނެވި އާއިޝަތު ރަފިއްޔާ ވަކިކުރުމަށް ފަހުގަ އެވެ.

 

ޔާސިރު އެމަގާމު ދޫކޮށްލެވުމުން، އަދި އެމަގާމަށް އިތުރު ބޭފުޅަކު އައްޔަނު ނުކުރައްވާ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

މިއަދު އޮންލައިން