ހުޅުމާލެއިން މާލެ އައި ކާރަކުން 2 ސައިކަލުގަ ޖެއްސުމުން އެކަކަށް އަނިޔާވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 26ސ
ހުޅުމާލެއިން މާލެ އައި ކާރަކުން 2 ސައިކަލުގަ ޖެއްސުމުން އެކަކަށް އަނިޔާވެއްޖެ!

ހުޅުމާލެއިން މާލެ އައި ކާރަކުން 2 ސައިކަލުގައި ޖެއްސުމުން އެކަކަށް އަނިޔާވެއްޖެއެވެ. 

ފުލުހުން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 4.30 ހައިއިރު ކަމަށެވެ. އަދި މިހާދިސާ ހިނގާފައިވަނީ ހައިވޭގެ ހުޅަނގު ޓްރެފިކް ލައިޓް ކައިރީގައި ކަމަށެވެ. 

މިހާދިސާގައި ކާރު، 2 ސައިކަލުގައި ޖައްސާފައިވަނީ 2 ސައިކަލުގެ ފަހަތުން ގޮހެވެ. މިހާދިސާގައި 2 މީހަކަށް ވަނީ އަނިޔާވެފައެވެ. އެކަކު ވަނީ ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ދެވަނަ މީހާއަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. 

މިއަދު އޮންލައިން