ބައްޕަ އާއި މަންމަގެ ތަފާތު ކަމަށް ބުނެ ބޭރުގެ ފަރާތަކުން ޢާންކޮށްފައިވާ ކުކުޅަކާއި ޙާލެއްގެ ވީޑިއޯއަކުން ފެންނަ ގޮތުގައި މަންމަ (ކުކުޅު) ކަނީ ދަރިންނަށް (ކުދި ފިޔޮއަތަކަށް) ކާންދެމުންނެވެ. ނަމަވެސް ބައްޕަ (ހައު) ކައި ބަނޑުފުރާލަނީ އެކަންޏެވެ. ދަރިންނަށް ކާން ދިނުމެއް ނެތިއެވެ.
މިއީ ރާއްޖޭގެ ޤަޤާފަތާއި އެހައި ރައްޓެހި ބުނުމަކަށް ނުވެދާނެއެވެ. ސަބަބަކީ ދަރިންނަށް ކާން ދިނުމަކީ ކިތަންމެ ބުރަކޮށް އުޅެމުންވެސް މައިން ވަރަށް ކުރާ ހިތުން ކުރާ ކަމަކަށްވާތީއެވެ! މިހާރަކަށް އައިސް ވަރަށް މަދުން ނަމަވެސް ބައެއް ބައްޕައިން ދަރިންނަށް ކާންދެއެވެ. ނަމަވެސް ގިނަ މައިންނަކީ އެމީހުންގެ އަތުން ދަރިންނަށް ކާންދޭން ބޭނުންވާ ބައެކެވެ.
ރާއްޖޭގެ ޢާންމު ދިރިއުޅުމަށް ބަލާއިރު ކާބޯތަކެތި ހޯދައި ގެއަށް ވައްދަނީ ބައްޕައިންނެވެ. ކައްކައި ފިރިމީހާ އަށާއި ދަރިންނަށް ކާންދިނުމަކީ އަނބިން ކުރާ ކަމެކެވެ. ދެމަފިރިން އެކުގައި މަސައްކަތްކުރަން ދިއުމުގެ އާދަ އިތުރުވަމުން އަންނާތީ މި ޘަޤާފަތް ބަދަލުވަމުން އަންނަކަންވެސް ފާހަގަކުރެވެއެވެ.