ވިހެއުމާއި ގުޅިގެން މުވައްޒަފުންނަށް ލިބޭ ޗުއްޓީއަށް މިއަދުން ފެށިގެން އެސްޓީއޯއިން ވެސް ބަދަލު ގެނެސް ސިވިލްސަރވިސްގެ މުވައްޒިފުންނަށް ލިބޭ ފަދައިން ޗުއްޓީ ދިނުމަށް ނިންމައިފިއެވެ.
އެގޮތުން ވިހެއުމާއި ގުޅިގެން އަންހެން މުވައްޒަފުންނަށް މުސާރައާއި އެކު ލިބޭ ޗުއްޓީ، 180 (ސަތޭކަ އަށްޑިހަ) ދުވަހަށް ބަދަލުކުރުމާއިއެކ އަނބިމީހާ ވިހެއުމުން، ފިރިމީހާއަށް މުސާރަ ލިބޭގޮތަށް 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް ދިނުމަށް ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެސްޓީއޯ އިން ބުނީ މިގެނެވުނު ބަދަލުތަކާއިއެކު ވިހެއުމާއި ގުޅިގެން ޗުއްޓީގައި މިވަގުތު ތިބި މުވައްޒަފުންގެ ޗުއްޓީއަށްވެސް މިއުސޫލުން ބަދަލު ގެނެވޭނެ ކަމަށެވެ.