އެއްމިލިއަން ރުފިޔާގެ އަގުހުރި އިނާމުތަކާއެކު "އެސްޓީއޯ ރަމަޒާން ބާޒާރު" ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެއްމިލިއަން ރުފިޔާގެ އަގުހުރި އިނާމުތަކާއެކު "އެސްޓީއޯ ރަމަޒާން ބާޒާރު" ފަށައިފި

އެއްމިލިއަން ރުފިޔާގެ އަގުހުރި އިނާމުތަކާއެކު "އެސްޓީއޯ ރަމަޒާން ބާޒާރު" ފަށައިފިއެވެ.

ރަމަޟާން މަހަށް ހާއްސަކޮށްގެން ބާއްވާ "އެސްޓީއޯ ރަމަޒާން ބާޒާރު" މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން މެއި 16 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ޕްރޮމޯޝަންގައި 30 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.

އެސްޓީއޯގެ ސީނިއާ މެނޭޖާ، އައިމިނަތު ޝުރުފާ ވިދާޅުވީ ކަސްޓަމަރުން މުދާ ގަތުމުން ވަގުތުން ލިބޭ އިނާމުތަކުގެ އިތުރުން ކޮންމެ ހަފްތާއަކު އެއް ފަހަރު ނަސީބުވެރިއަކު ހޮވާނެކަމަށާޢި އޭގެ އިތުރުން ޕްރޮމޯޝަން ނިމުމުން ގްރޭންޑް ޕްރައިޒެއް ވެސް އޮންނާނެ ކަމަށެވެ. 

މި ޕްރޮމޯޝަންގައި ވަގުތުން ލިބޭ އިނާމުތަކުގެ ތެރޭގައި ފިލިޕްސްގެ އެއާ ފްރަޔާއެއް ގަތުމުން ފެން ހޫނު ކުރާ ޖަގެއް ލިބެއެވެ. އަދި މިޕްރޮމޯޝަންގައި ކުރާ ކޮންމެ 500ރ. ގެ އިނާމަކަށް ކޫޕަނެއްވެސް ލިބޭއިރު މަކިޓާ ބްރޭންޑްގެ 30،000ރ. އިން މަތީ ވިޔަފާރި ކުރާ ފަރާތްތަކަށް "ސަފްރައިޒް" އިނާމުތަކެއް ލިބޭނެ ކަމަށެވެ.

"އެސްޓީއޯ ރަމަޒާން ބާޒާރު" ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 80،000ރ. ދެވަނަ އަންނަައަށް 40،000ރ. އަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް 20،000ރ. ގެއަގު ހުރި އިނާމު ލިބެއެވެ.

 

 

 

މިއަދު އޮންލައިން