ކާޑު ވިއްކާނެ އޭޖެންޓުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ކާޑު ވިއްކާނެ އޭޖެންޓުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި

އެސްޓީއޯ އިން ވިއްކާ ކާޑުގެ ބާވަތްތައް މާލެއެކޭ އެއްއަގެއްގައި ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން ހޯދުމަށް ތިން ވަނަ ފަހަރަށް އެ ކުންފުނިން އިއުލާނުކޮށްފިއެވެ.

މި އިއުލާނުގައި ބުނެފައިވަނީ އެސްޓީއޯ އިން ވިއްކާ ކާޑުގެ ބާވަތްތައް މާލޭގެ ފިހާރަތަކުން ވިއްކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާފައިވާ އަގުގައި ރާއްޖޭގެ ރަށްރަށުގައި ވިއްކަން ޖެހޭނެކަމަށެވެ.

މިކަމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 18 ގެ ކުރިން އެ ރަށެއްގެ އެސްޓީއޯ ފާމަސީ އަށް ގޮސް ރަޖިސްޓާ ކުރެވޭނެ ކަމަށާއި އަދި ބީލަން ކަރުދާސް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މާޗް 21 ގައި ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. 

 

މިއަދު އޮންލައިން