ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސެންޓު ޑިސްކައުޓު!

ކިޔުމަށް ހޭދަވާނީ 1މ 3ސ
ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސެންޓު ޑިސްކައުޓު!

ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސެންޓު ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އެކުންފުނިން މިއަދު ފަށައިފިއެވެ.

 

މިޕްރޮމޯޝަންގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން ފެއާ ޔޫސޭޖު އެލަވަންސަށް ދިޔުމުން ސްޕީޑު އަވަސްކޮށްލުމަށް ޑޭޓާ ބޫސްޓަރެއް ނެގޭނެ އެވެ.

 

އެގޮތުން ވިޔަފާރިތަކާއި ގެތަކުގެ ކަސްޓަމަރުންނަށް ބޫސްޓަރު 50 ޕަސެންޓް ޑިސްކައުންޓުގެ ގޮތުގައި ލިބޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.

 

ދިރާގުގެ މިޚާއްސަ ޕްރޮމޮޝަން ކުރިއަށްދަނީ މިހިނގާ މާރޗް މަހުގެ ނިޔަލަށެވެ. މިޕްރޮމޯޝަންގައި ގޭބީސީތަކުގެ ކަސްޓަމަރުން ނަމަ 3ޖީބީގެ ބޫސްޓަރެއް 15 ރުފިޔާ އަށް ލިބޭއިރު 8 ޖީބީ 37.5 ރުފިޔާ އަށް ލިބޭނެ އެވެ. މީގެ އިތުރުން 15ޖީބީ 65 ރުފިޔާ އަށް، 30ޖީބީ 125 ރުފިޔާއަށް، 75ޖީބީ 300 ރުފިޔާ އަށް ލިބޭ އިރު 100ޖީބީ 395 އަށް ލިބޭނެ އެވެ.

 

މީގެއިތުރުން ވިޔަފާރިތަކަށް ނަމަ 15ޖީބީ 125 ރުފިޔާ އަށް، 30ޖީބީ 200 ރުފިޔާ އަށް، 60ޖީބީ 375 ރުފިޔާ އަށް ލިބޭ އިރު 115ޖީބީ 500 ރުފިޔާ އަށް ލިބޭނެ އެވެ. އަދި 230ޖީބީ 750 ރުފިޔާ އަށް ލިބޭނެ ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.

 

ކޮންމެ ކަސްޓަމަރަކަށްވެސް މަހަކު ފަސް ބޫސްޓަރު ބޭނުން ކުރެވޭނެ އެވެ.

މިއަދު އޮންލައިން