ކުރީގެ ނައިބު ރައީސް އަދީބު ގޭބަންދަށް ބަދަލުކޮށްފި

ކިޔުމަށް ހޭދަވާނީ 50ސ
ކުރީގެ ނައިބު ރައީސް އަދީބު ގޭބަންދަށް ބަދަލުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ރޭގެ ވަގުތެއްގައި ގެއަށް ބަދަލު ކޮށްފިއެވެ.

 

އާލާސްކަންފުޅާ އުޅުއްވާތީ ހަފްތާއެއް ވަންދެން އައިޖީއެމްއެޗް ގައި ފަރުވާ ދިނުމަށްފަހު، އަދީބު ގޭބަންދަށް ބަދަލު ކޮށްފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައެވެ. ނަމަވެސް އެމަނިކުފާނު ގެއަށް ބަދަލުކުރީ ކިހާ ދުވަހަކަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

 

"ފިނިފެންމާ" ލޯންޗު ގޮއްވާލި ތުހުމަތުގައާއި ފިސްތޯލެއް ގެންގުމުގެ ތުހުމަތުގެ އިތުރުން އެމްއެމްޕީއާރްސީ ގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި 33 އަހަރަށް ޖަލަށް ލެވިފައިވާ އަދީބު، ޖަލުގައި މިހާތަނަށް ހޭދަ ކޮށްފައިވަނީ ތިން އަހަރެވެ.

 

ސިއްޙީ ހާލުކޮޅު ގޯސްވުމުގެ ސަބަބުން މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ވެސް އަދީބު ވަނީ ގޭބަންދައް ދޫކުރައްވާފައެވެ. ނަމަވެސް ގޭބަންދުގައި ބަހައްޓަން ޑޮކްޓަރުން ލަފާ ދިން މުއްދަތު ހަމަވުމުން، މިއަހަރު ގެ ޖެނުއަރީ މަހު އޭނާ ވަނީ އަލުން ޖަލަށް ބަދަލު ކޮށްފައެވެ.

މިއަދު އޮންލައިން