ވިހެއުމާއި ގުޅިގެން ދެވޭ ޗުއްޓީ ގެމުއްދަތު ޕީއެސްއެމްގެ މުއައްޒަފުން ނަށް ވެސް އިތުރުކޮަށްފިއެވެ.
މިކަމާއި ގުޅޭގޮތުން ޕިއެސްއެމް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވިހެއުމުންސަރުކާރުގައި ވަޒީފާ އަދާކުރާ މައިންނަށް ދޭ ހަމަސް ދުވަހުގެ ޗުއްޓީއާއި ބައްޕައިންނަށް ދެ އެއް މަސް ދުވަހުގެ ޗުއްޓީ، އެކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މައިންނަށް ހަމަސް ދުވަހުގެ މެޓާނިޓީ ލީވްއާއި ބައްޕައިންނަށް އެއްމަސް ދުވަހުގެ ޕެޓާނިޓީ ލީވް ދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ނިންމެވީ މިމަހުގެ 7 ވަނަ ދުވަހުއެވެ.
ސަރުކާރު މުވައްޒަފުންނަށް މިފަދައިން ޗުއްޓީ ދިނުމަށް ނިންމަވާފައިވާއިރު، މިބަދަލާއި ގުޅިގެން ބައެއް އަމިއްލަ ކުންފުނިތަކުން ވެސް ވަނީ އެކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިފަދައިން ޗުއްޓީ ދިނުމަށް ހަމަޖައްސާފައެވެ.