ފެންކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ ނިޒާމެއް ތައާރަފުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ފެންކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ ނިޒާމެއް ތައާރަފުކޮށްފި

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮންޕެނީ، (އެމްޑަބްލިއުއެސްސީ) އިން ފޯރުކޮށްދޭ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ ނިޒާމެއް ތައާރަފުކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން އަލަށް ތައާރަފުކުރި އޮންލައިން ޕޯޓަލްއާއެކު ކިއުގައި ޖެހިގެން ހިދުމަތް ހޯދަންޖެހޭ ޖެހުން ހުއްޓުމަކަށް އައިސް، ރާއްޖޭގެ ކޮންމެތާކު ހުރެގެންވެސް ފަސޭހަކަމާއެކު އެކުންފުނީގެ ހިދުމަތަށް އެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 

ހިދްމަތް އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ 24 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަލީޙް ވިދާޅުވީ، ދަޢުލަތުގެ މުވައްސަސާތަކާއި ކުންފުނިތަކުން ޚިދުމަތް ހޯދުމުގައި ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ބޮޑެތި ކިއުތަކެއް ހަދާ އެތަކެއް ވަގުތެއް ހޭދަކުރަންކުރަންޖެހުން ކަމަށާއި، އެހެންކަމުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދޭ ބަޔަކަށް ވާންޖެހޭކަމަށެވެ.

ފެންކުންފުނީގެ މެނޭޖިންގ ޑިރެކްޓާ އާދަމް އާޒިމް ވިދާޅުވީ ކުންފުނީގެ ސިޔާސަތުތަކަށް ގެނެވުނު ބަދަލުތަކާއެކު ރައްޔިތުންގެ ފަރާތުން ލިބޭ ޝަކުވާތައް މިހާރު 90 އިންސައްތަ މަދުކުރެވިފައިވާ ކަމަށެވެ. އަދި މިކަން މިގޮތުގައި ދެމެހެއްޓުމަށް އެކުންފުނީގެ މުވައްޒަފުންނަށް އާޒިމް ވަނީ ގޮވާލައްވާފައެވެ.

60 ހާސް މީހުންގެ އާބާދީއަކަށް ޚިދުމަތްދިނުމަށް އުފެއްދި ފެންކުންފުނިން މިއަދު 2 ލައްކައަށްވުރެ ބޮޑު އާބާދީއަކަށް ފެނުގެ ޚިދުމަތް ވަނީ ދޭންޖެހިފައެވެ.

 

 

މިއަދު އޮންލައިން