ރާއްޖޭގައި އެންމެ ޒަމާންވީ މުއާސަލާތީ ޚިދުމަތްދޭ ކުންފުނި ކަމަށްވާ ދިރާގުން، އެކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. އެގޮތުން ބްރޯޑްބޭންޑްގެ ޚިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން 30 ޕަސެންޓު ޑޭޓާ ވެސް މިޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބޭނެއެވެ.
ދިރާގުން ފެށި މިޕްރޮމޯޝަންގެ ދަށުން، ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ހިލޭ ގުޅައިދިނުމުގެ އިތުރުން ހަ މަސް ދުވަސް ވަންދެން 30 ޕަސެންޓަށް އިތުރު ޑޭޓާ ވެސް ލިބޭނެއެވެ. މިޚާއްސަ ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ނިޔަލަށެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރު ކޮށްދެމުން އަންނަ އެންމެ ހަލުވި ސްޕީޑް ކަމުގައިވާ، 100 އެމްބީޕީއެސް ލިބޭ ޚިދުމަތެކެވެ.
ރާއްޖޭގެ އެންމެ ބޮޑު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކެއް ގާއިމު ކޮށްފައިވާ ދިރާގުން އަންނަނީ މުޅި ރާއްޖެއަށް ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.