ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރަން އޭޑީކޭ ހޮސްޕިޓަލުން މިއަދު ގިނަ ގިނަ ޚިދުމަތްތަކެއް މުޅިން ހިލޭ ފޯރުކޮށްދެމެން އެބަގެންދެއެވެ.
އެގޮތުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ކެންސަރަށް ސްކްރީން ކުރުމާއި، ހަކުރު ބެލުމާއި ޕްރެޝަރު ބެލުމާއި މިނޫންވެސް ބައެއް ޓެސްޓްތައް ކޮށްދިނުން ހިމެނެއެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ މި ޚިދުމަތްތައް މިއަދު ހަވީރު 4 ޖަހަންދެން މުޅިން ހިލޭ ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.