އެސްޓީއޯ އިން "ރަމަޟާން ބާޒާރު" ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އެސްޓީއޯ އިން "ރަމަޟާން ބާޒާރު" ފަށައިފި

އެސްޓީއޯ އިން ކޮންމެ އަހަރަކުވެސް ރަމަޟާންމަހަށް ޚާއްޞަކޮށްގެން ބާއްވަމުން އަންނަ "ރަމަޟާން ބާޒާރު" މިއަހަރުވެސް ފަށައިފިއެވެ. މިއަދު އެސްޓީއޯ ސްޕަރމާޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ރަމަޟާން ބާޒާރު ފަށްޓަވައިދެއްވީ އެސްޓީއޯގެ ސީއެފްއޯ މުޙައްމަދު މިހާދުއެވެ.

މިއަހަރު ކުރިއަށް ގެންދާ ރަމަޟާން ބާޒާރު ޕްރަމޯޝަނުގައި ބައިވެރިވެވެނީ 500 ރުފިޔާއިން ފެށިގެން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށެވެ. މިފަހަރުގެ ޕްރަމޯޝަނުގެ 1 ވަނަ އިނާމަކަށް ލިޓަސްގެ ފަރާތުން ދޭ ސައިކަލެއް، 2 ވަނަ އިނާމަކަށް ހިޓާޗީ އައިސް އަލަމާރިއެއް، 3 ވަނަ އިނާމަކަށް ހިޓާޗީ ފްރޮންޓް ލޯޑް ދޮންނަ މެޝިނެއް ދިނުމަށް ހަމަޖެހިފައިވާއިރު ކޮންމެ ހަފްތާއަކު 3 ކަސްޓަމަރަކަށް ލިޓަސް ގިފްޓް ވައުޗަރ ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

50 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބޭ މިފަހަރުގެ ޕްރަމޯޝަނުގައި ބައިވެރިކޮށްފައިވަނީ ގިނަ ބާވަތްތަކުގެ ކާބޯތަކެއްޗާއި ރަމަޟާން މަހު ބޭނުންވާނެ ގިނަ ބާވަތްތެކެކެވެ. އެއިގެ ތެރޭގައި ބަދިގެއަށް ބޭނުންވާނެ ގިނަ ބާވަތުގެ ސާމާނުތައްވެސް ހިމެނެއެވެ.

ޕްރަމޯޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަދު އޮންލައިން