ފަންސާސް އިންސައްތަ ކުދިންނަށް ސްކޫލުގައި ބުލީ ކުރުމުގެ ކަންތައްތަކާދިމާވޭ: އާކް

އަހުމަދު
ކިޔުމަށް ހޭދަވާނީ 59ސ
ފަންސާސް އިންސައްތަ ކުދިންނަށް ސްކޫލުގައި ބުލީ ކުރުމުގެ ކަންތައްތަކާދިމާވޭ: އާކް

ގާތްގަނޑަށް 50 އިންސައްތަ ކުދިންނަށް ސްކޫލުގައި ބުލީ ކުރުމުގެ ކަންތައްތަކާދިމާވާކަމަށް އެޑްވަކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)ގެ މެނޭޖިންގ ޑިރެކްޓަރ މުރުތަލާ މޫސާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ބީއެމްއެލް ވައު ކިޑްސްގެ ރެޖިސްޓްރޭޝަން ހުޅުވާލިކަން ޢާންމުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.

މުރްތަލާ (މުރޭ) ވިދާޅުވީ މާލެ އާއި ގިނަ ރަށްރަށުގައި ޓީޗަރުންނަށް ޚާއްޞަކޮށްގެން ބުލީ ކުރުމާ ދެކޮޅަށް ޕްރޮގްރާމުތައް ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ.

ފަންޑް ރައިސިންގ އިން ލިބޭ ފައިސާ ބްލީގެ ޝިކާރައަކަށްވާ ކުދިން ބާރުވެރިކޮށް ބެލެނިވެރިން ހޭލުންތެރިކުރުމަށް ޕްރޮގްރާމުތައް ހިންގުމަށްވެސް ހޭދަކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާކްއަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ގިނަ ޙަރަކާތްތަކެއް ހިންގާ ޖަމިއްޔާއެކެވެ.

މިއަހަރުގެ ބީއެމްއެލް ވައު ކިޑްސް ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ހުޅުމާލޭގައެވެ.

މިއަދު އޮންލައިން