ބީއެމްއެލް އަށް ލިބުނުސާފުފައިދާ 1.6 ބިލިއަން – މިއީ މިހާތަނަށް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 5މ 11ސ
ބީއެމްއެލް އަށް ލިބުނުސާފުފައިދާ 1.6 ބިލިއަން – މިއީ މިހާތަނަށް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ!

ބޭންކް އޮފް މޯލްޑިވްސްގެ 2018 ވަނައަހަރުގެ އަހަރީ ރިޕޯޓް މިއަދު ޝާޢިއުކޮށްފައިވާއިރު ހިސާބުތަކުން ދައްކާގޮތުން 2018 އަހަރު ވެފައިވަނީ މާލީ ގޮތުން ބޭންކަށް އެންމެ ކާމިޔާބުއަހަރުގެ ގޮތުގައެވެ. 

ބީއެމްއެލް އިން ބުނެފައިވަނީ މި ކާމިޔާބު ހޯދިފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ރަނގަޅު ފައިދާތަކެއް ހޯދި އަދި ލޯނުދޫކުރެވުނު ނިސްބަތް ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވުމާ ގުޅިގެންކަމަށެވެ. 

ބީއެމްއެލް އިން ބުނެފައިވަނީ ޓެކްސް އަށް ކެނޑުމުގެކުރިން ލިބުނުސާފުފައިދާ ވަނީ 1.6 ބިލިއަން ރުފިޔާއަށް އަރާފައިކަމަށެވެ. މިއީ ޖުމްލަކޮށް ކުރީ އަހަރާ އަޅާބަލާއިރު %13 އިތުރު އަދަދެކެވެ. މިއީ ކުރީ އަހަރަށްވުރެހިންގުމުގެ ހަރަދު ބޮޑުވުމުގެ އިތުރުން ފައިދާގެ ތެރެއަށް އެއްފަހަރާ ގަނޑުކޮށް ލިބޭ އާމްދަނީ ނުހިމެނި ހޯދުނު ވަރަށް ރަނގަޅު މާލީ ނަތީޖާއެކެވެ. ޓެކްސް އަށް ކެނޑުމަށްފަހު ލިބުނު ފައިދާ މިވަނީ ވިދިވިދިގެން 3 ވަނައަހަރު 1 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައެވެ.

ބީއެމްއެލް އިން ބުނެފައިވަނީ އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތްވަނީ %4.1 އިން %3.5 އަށް ދަށްކުރެވިފައިވާކަމަށެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީރޭޝިއޯވަނީ ޤާނޫނުން ލާޒިމްކުރާ ވަރަށްވުރެ މަތީމިންވަރެއްގައި ހިފެހެއްޓިފައެވެ. ބޭންކުގެ މާލީ ނަތީޖާ އަށް ބަލައި ބޭންކުގެ ބޯޑުންވަނީ 2018 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 24 ރުފިޔާގެ މަގުން ޖުމްލަ 129 މިލިއަންރުފިޔާ ބެހުމަށް ހުށަހަޅާފައެވެ. 

2018ވަނަ އަހަރު ބީއެމްއެލް އިން ވަނީ 'އަހަރެންގެ ބޭންކް' ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްވެސް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަންފޯރުކޮށްދެވިފައެވެ. މީގެ އިތުރުން މިދިޔަ އަހަރު ބޭންކުން ވަނީ އަތޮޅުތަކުގައި 4 އައު ބްރާންޗާއި 5 ސެލްފްސާވިސްބޭންކިން ސެންޓަރ ގާއިމްކޮށް ކޭޝްއެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ ޚިދުމަތާއި ލޯނަށް ފައިސާ ދެއްކޭނެ ހިދުމަތްވެސް ތާރަފްކޮށްފައެވެ. މީގެ އިތުރުންކޭޝް އެޖެންޓް ނެޓްވޯކްގެ އަދަދުވަނީ 230 އިން 277 އަށް އިތުރުކޮށްފައެވެ. 

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯއަދި ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވީ "މި ނަތީޖާތަކުން ދައްކުވައިދެނީ މާލީ ގޮތުން ހަރުދަނާ ކުރިއެރުންތަކެއް ހޯދުމުގެ އިތުރުން ބޭންކުން މުޖުތަމައަށް ކުރަމުންދާ އިންވެސްޓްމަންޓް. ބޭންކުގެ އަމާޒަކީ މިހާރު ހާސިލްވެފައިވާ ކާމިޔާބީ ދެމެހެއްޓުން.މި ފުރުސަތުގައި މިދިޔަ އަހަރު ވަރަށްބުރަކޮށް އަދި އެހާމެ ހީވާގިކަމާއެކު މަސައްކަތަށް އަހައްމިއްޔަތުކަންދީގެން މަސައްކަތްކުރިބޭންކުގެ މުވައްޒަފުންނަށް ޝުކުރުދަންނަވަން. ބޭންކުގެ ޚިދުމަތްކުރީއްސުރެ ހޯއްދަވަމުން ގެންދަވާ އަދި އަލަށްބޭންކުގެ ޚިދުމަތް ހޯއްދަވަން ފެއްޓެވި އަޅުގަނޑުމެންގެ އެންމެހާ ކަސްޓަމަރުން ދެއްވަވާ އެއްބާރުލެއްވުމަށްޓަކައި ވަރަށް އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވަން. ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށްޓަކައި ބޭންކުންފޯރުކޯށްދޭ ޚިދުމަތްތައް ރަނގަޅުކުރުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަޅުގަނޑުމެން ގަދައަޅާ މަސައްކަތް ކުރަމުން ގެންދާނެކަމުގެޔަގީންކަން އަރުވަން."

"2014 ވަނަ އަހަރުން ފެށިގެން ބޭންކުންވަނީ 5 އަހަރުގެ ޕްލޭނެއް ތައްޔާރުކޮށް ބޭންކުގެ އޮނިގަނޑާއި، ޓެކްނޮލޮޖީގެ އިތުރުން މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ކުރާ އިންވެސްޓްމަންޓް ތަކަށް މުހިންމު ބަދަލުތަކެއް ގެނެއުމަށް މަސައްކަތް ފައްޓާފައެވެ. 2018 ވަނަ އަހަރު ވަނީ މި ޕްލޭން ކާމިޔާބު ކަމާއެކު ފުރިހަމަކުރެވިފަ. މިއަދު ބޭންކް އޮފް މޯލްޑިވްސް އަކީ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު މިންގަނޑުތައް ހިފަހައްޓާ އަދި މި ސަރަހައްދުގެ ބޭންތަކުގެ ތެރެއިން އެންމެ ކުރީސަފުގައި ގުނާލެވޭނެ ބޭންކެއް." ބޭންކުގެ ސްޓްރެޖީއަށް އަލިއަޅުވާލަމުން އައިޝަތު ވިދާޅުވިއެވެ.

ބޭންކުން ހޯދި މާލީ ނަތީޖާ އަށް އަލިއަޅުއްވާލަމުން އައިޝަތު ވިދާޅުވި ގޮތުގައި 2017 ވަނަ އަހަރާއި ހިލާފަށް މިދިޔަ އަހަރު ރަނގަޅު މާލީ ނަތީޖާއެއް ހޯދާފައި މިވަނީ އެއްފަހަރާ ގަނޑުކޮށްލިބޭ ފައިސާ ނުހިމެނިއެވެ. "މިނަތީޖާ ހޯދިފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއި އަދި އާމްދަނީ ލިބޭ ވަސީލަތްތަކުން ލިބުނު ކުރިއެރުމުން. އަދި ހަމައެހެންމެ ދޫކުރެވުނު ލޯނު ދޫކުރެވުނު ނިސްބަތް ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވުމާއެކުވެސްމެ. ލޯނުތަކުގެ ފެންވަރު ރަނގަޅުވެ،އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސަބަތްވަނީ މިވަނީ%3.5 އަށް ދަށްކުރެވިފަ."މީގެ އިތުރުން ބޭންކުންވަނީ މިއަހަރުތެރޭ އައު އެކައުންޓިންޓް ސްޓޭންޑަޑް އައި.އެފް.އާރް.އެސް 9 ފައިނޭންޝަލް އިންސްޓްރޫމެންޓްގެ ބޭނުންކުރަން ފަށާފައެވެ.

ކަސްޓަމަރުންނަށް ދޭ ޚިދުމަތާ ގުޅޭގޮތުން އައިޝަތު ވަނީ ކަސްޓަމަރުން ބޭންކުގެ ޑިޖިޓަލް ޗެނަލްތައް ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ. "އޮންލައިން އެޕްލިކޭޝަންއާއި އާންމު ޙިދުމަތްތައް ދިނުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުންބޭންކުންދަނީ ޓެކްނޮލޮޖީއަށް އިންވެސްޓް ކުރަމުން. އަދި މިކަމުގެ ސަބަބުން ބޭންކުގެ މަސައްކަތްތަކަށްވެސްވަނީ އިތުރު ހަލުވިކަމެއް ލިބިފަ. ވޭތުވެދިޔަ އަހަރު ތެރޭގައި، އެކައުންޓް ހުޅުވުމާއި، ލޯނު އަދި ކާޑު ޚިދުމަތްތަކަށް އޮންލައިންކޮށް އެދެވޭގޮތް ތަޢާރަފްވެ ރާއްޖޭން ބޭރަށް ފަސޭހަަކަމާއެކު ފައިސާ ފޮނުވުމުގެ ޚިދުމަތް ތަޢާރަފް ވުމުގެ ސަބަބުން އެތައްފަރުދުންނަށް މިވަނީ އޭގެ ފައިދާލިބިފަ. ކުރިއަށް އޮތްތަނުގައިވެސް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މަންފާ ލިބޭނެ ފަދަ އާ ޚިދުމަތްތައް ތައާރަފްކޮށް އަޅުގަނޑުމެން ޓެކްނޮލޮޖީ އަށް އިންވެސްޓްކުރަމުންދާނަން."

"2018 ވަނަ އަހަރު އަޅުގަނޑުމެންގެ އިސްލާމިކް ބޭންކިންގ ޚިދުމަތް ދޭ'ބީއެމްއެލް އިސްލާމިކް' ވަނީ ހަލުވިކަމާ އެކު ކުރިއަރެންތަކެއް ހޯދާފަ. ޑިޕޮސިޓްގެއަދަދުވަރަށްބޮޑަށްއިތުރުވެ،ފައިނޭންސިންގ ޕްރޮޑަކްޓްތައްވެސް ވަނީ މިއަހަރުތައާރަފްކުރެވިފަ. އަލުގަނޑުމެން މިދަނީ ބޭންކުގެ ކޮންވެންޝަނަލްޕްރޮޑަކްޓަކާ އެއް މިންވަރަކަށް ޝަރީޢާ ހުއްދަކުރާ އިސްލާމިކް ޕްރޮޑަކްޓްތައްތައާރަފްކުރަމުން." ބީއެމްއެލް އިސްލާމިކް އާއި ގުޅޭގޮތުން އައިޝަތު ވިދާޅުވިއެވެ.

މިއަދު އޮންލައިން